logo
MPL

MPL

ޚަބަރު

އޮންލައިންކޮށް ފެށި ކޯހަށް މަރުކަޒަށް ހާޒިރުވާން ޖެހުމުން ދަރިވަރުން ޕެޓިޝަނެއް ހުށަހަޅައިފި

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
19 އޮކްޓޯބަރު 2026 - 08:14
އޮންލައިންކޮށް ފެށި ކޯހަށް މަރުކަޒަށް ހާޒިރުވާން ޖެހުމުން ދަރިވަރުން ޕެޓިޝަނެއް ހުށަހަޅައިފި

ވިލާ ކޮލެޖާއި، އެވިޑް ކޮލެޖް އަދި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުން އޮންލައިންކޮށް ފެށި ކޯހެއް މަރުކަޒަކަށް ހާޒިރުވާން ޖެހޭ ގޮތަށް ނިންމި ނިންމުމާ ގުޅިގެން، އެ ކަމާ ދެކޮޅަށް އެ ދަރިވަރުން އިސްނަގައިގެން ބާކައުންސިލްއާ ދެކޮޅަށް ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ(އެމްކިއުއޭ)ގެ އެއްބާރުލުމާއެކު ބާ ކައުންސިލުން ގެނައި މި ބަދަލާ ގުޅިގެން، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅޭގޮތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ދަރިވަރުން ކޯސްތަކުގައި ބައިވެރިވީ ވަކި އުސޫލުތަކަކަށް އެއްބަސްވެގެން ކަމަށްވާތީ، އެ އެއްބަސްވުންތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށެވެ. އަދި ކޯސް ފެށުމަށްފަހު ކުއްލި ގޮތަކަށް އުސޫލުތަކަށް ބަދަލު ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލް ވިދާޅުވިގޮތުގައި މި ޕެޓިޝަންގައި ސޮއި ކޮއްފާ ވަނީ ގާނޫނީ ދާއިރާއިން ކުރިއަށްދާ 2,129 ދަރިވަރުންނާއި  ކުރިއަށް ދާން ބޭނުން ވާ ފަރާތްތަށްކަމަށެވެ.

މި ޕެޓިޝަނަކީ ދަރިވަރުންގެ އިމްތިހާނުތަކަށާއި މުސްތަގުބަލަށް އަސަރުކޮށްފާނެތީ މި ނިންމުން މުރާޖައާކޮށް، ކަމާބެހޭ ފަރާތްތަކުން ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލަން ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

ދަރިވަރުން އިމްތިޙާން ބާއްވާނެ ގޮތާ ގުޅޭގޮތުން ހުށަހަޅާފައިވާ ޕެޓިޝަނާ މެދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސް ވަނީ މިއަދަށް ނިންމާލާފައެވެ. މި މައުޟޫއަށް ބަހުސްކުރުން ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކުރިއަށްދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮންލައިންކޮށް ފެށި ކޯހަށް މަރުކަޒަށް ހާޒިރުވާން ޖެހުމުން ދަރިވަރުން ޕެޓިޝަނެއް ހުށަހަޅައިފިޚަބަރު | 7 ގަޑިއިރު ކުރިން