logo
MPL

MPL

ޚަބަރު

މި ސަރުކާރު އައި ފަހުން އެއްވެސް ތާކުން ބިމެއް، ހަރު މުދަލެއް ހޯދާފައެއް ނޯންނާނެ: މުބީން

އައިޝަތު ނަޝާއައިޝަތު ނަޝާ
20 އޮކްޓޯބަރު 2026 - 11:04
މި ސަރުކާރު އައި ފަހުން އެއްވެސް ތާކުން ބިމެއް، ހަރު މުދަލެއް ހޯދާފައެއް ނޯންނާނެ: މުބީން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރު އައިފަހުން އެއްވެސް ތަނަކުން ބިމެއް ނުވަތަ އެޕާޓްމެންޓެއް ނުވަތަ ހަރު މުދަލެއް ހޯދާފައި ނުވާނެ ކަމަށް  އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ "ޓީ ޓޯކް" ބައިވެރިވެ ވާހަކަ ދައްކަމުން މުބީން ވިދާޅުވީ، މިފަދަ ވާހަކަ ތަކެއް މީގެ ކުރިން ފެންމަތި ވެފައިވީނަމަވެސް އެއީ ހަޤީގަތެއް ނެއް ދޮގު ވާހަކަ ތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބީން ވިދާޅުވީ ބިމާއި އަދި އަގު ބޮޑު އެއްޗެހި ގަނެވޭހާ ތަނަވަސްކަމެއް އަދި ނެއް ކަމަށާއި،އާއިލާ މީހެއްްގެ ނަމުގައި ވެސް އެޕާޓްމެންޓެއް އަދި ބިމެއް ގަނެފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑަކީ އަޅުގަނޑަށް ލިބޭ މުސާރައިން އުޅޭ މީހެއް.އަޅުގަނޑު ދަންނަ އެންމެނަށް ވެސް އިނގޭނެ އެކަން. ދެން އަޅުގަނޑުމެންނާ ގުޅުވާ ލައްކަ ގިނަ ވާހަކަތައް ދެއްކިދާނެ. އެކަމު ބިމާ އެއްޗެހި ގަނެވޭހާ އާމްދަނީއެއް އަދި އަޅުގަނޑަކަށް ނުލިބޭ" މުބީން

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ،ރައީސް ޑރ.މުއިއްޒު ރާއްޖެއަށް ގެންނަ ތަރައްޤީއާއި މެދު ރައްޔިތުން ވަރަށް ފުން ކޮށް ވިސްނަން ޖެހޭކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް ޑރ.މުއިއްޒު ހޮވުމުގެ ވިސްނުން ހުރިހާ ރައްޔިތުން ވެސް ގެންގުޅުމަށް މުބީން އެދިވަޑައިގަތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރު އައި ފަހުން އެއްވެސް ތާކުން ބިމެއް، ހަރު މުދަލެއް ހޯދާފައެއް ނޯންނާނެ: މުބީންޚަބަރު | 3 ގަޑިއިރު ކުރިން