logo
MPL

MPL

ޚަބަރު

އައިޖީސީއެސްއީގެ އަޑު އެހުމުގެ އިމްތިހާނަށް މާދަމާ ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

އަޙުމަދު ރިޝާން
20 އޮކްޓޯބަރު 2026 - 13:27
އައިޖީސީއެސްއީގެ އަޑު އެހުމުގެ އިމްތިހާނަށް މާދަމާ ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

އައިޖީސީއެސްއީ އިނގިރޭސި ލިސެނިން އިމްތިހާނު މާދަމާ ކުރިއަށްދާ ވަގުތު، މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް ބަންދުކޮށް އާންމު ދަތުރުފަތުރުކުރުން މަނާވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މި ޓެސްޓް ކުރިޔަށް ދާނީ މާދަމާ ހެނދުނު 09:15 އިން ފެށިގެން 10:30 އަށެވެ. ފުލުހުން ބުނީ ލިސެނިން ޓެސްޓަކީ އޯޑިއޯއެއް އިއްވައިގެން އެއާ ގުޅޭ ސުވާލުތަކަށް ޖަވާބުދޭންޖެހޭ ޓެސްޓަކަށްވާތީ، ދަރިވަރުންނަށް އެކަށީގެންވާ ހަމަހިމޭން މާހައުލެއް ގާއިމްކޮށްދިނުމަށްޓަކައި މިފަދަ ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން، އިމްތިހާނު ކުރިއަށްދާ ވަގުތު އެ ސަރަހައްދުތަކުގައި ދިރިއުޅުއްވާ އަދި އެ ސަރަހައްދު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުންވެސް، އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަ އަދި ދަރިވަރުންނަށް ދަތިވާނެ އެންމެހައި ކަންކަމުން ދުރުހެލިވެވަޑައިގަތުމަށާއި، މިކަމުގައި އާންމުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަހަރުގެ ކެމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ފަށާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިމްތިހާނު މުޅި ރާއްޖޭގެ 267 ސެންޓަރެއްގައި ކުރިޔަށްދާނެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޖީސީއެސްއީގެ އަޑު އެހުމުގެ އިމްތިހާނަށް މާދަމާ ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރަނީޚަބަރު | ގަޑިއިރެއް ކުރިން