ރާއްޖެއާ ޕާކިސްތާނާ ދެމެދު މުހިއްމު 20 ދާއިރާއަކުން އެއްބަސްވުން ގާއިމުކޮށްފި
21 އޮކްޓޯބަރު 2026 - 07:56

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއާ ޕާކިސްތާނާ ދެމެދު މުހިއްމު 20 ދާއިރާއަކުން އެއްބަސް ވުންތަކެއް ގާއިމުކޮށްފި އެވެ.
ދެ ޤައުމުގެ ދެމެދުގައި އެއްބަސްވި އެއްބަސްވުންތަކުގެ ތެރޭގައި ދެ ޤައުމު ގުޅިގެން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދޭން ނިންމާފައިވާ ދާއިރާތަކާއި މިހާރު ގުޅުން އޮންނަ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.
ޕާކިސްތާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގާއިމުކުރި މި އެއްބަސްވުންތަކުގެތެރޭގައި ތަޢުލީމީ ދާއިރާގެ 2 އެއްބަސްވުމެއް ހިމެނެއެވެ. އެއީ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމަކާއި ރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވުޒާރާ އާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާއެކުވެފައިވާ އެއްބަސްވުމެވެ.
.png&w=750&q=75)
Ad by Hajj Corporation
ދިވެހި ސަރކާރާއި ޕާކިސްތާނުގެ ސަރުކާރާ ދެމެދު ގާއިމުކުރި އިތުރު އެއްބަސްވުންތައް
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން
- ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން
- މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން
- އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަސެކިޔުރިޓީ އާއި އަރޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ސްކިލްސް އާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުން
- އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުން
- ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
- މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުން
މި އެއްބަސްވުންތަކުގެ އިތުރުން ވެސް، ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުމެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ތަމްރީން ކުރުމަށް ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާއެކު ވަނީ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އަދި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ އާއި ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާން، ޓީސީޕީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

-01.jpg&w=3840&q=75)
