މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް އަޕްގްރޭޑް ކުރުން ސްޓެލްކޯއާ ހަވާލުކޮށްފި
22 އޮކްޓޯބަރު 2026 - 13:47

އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް، އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފައި ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަލީ ޝަރީފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އަލީ ޝަރީފް ވިދާޅުވީ، އދ. މަހިބަދޫއަކީ އާބާދީ ބޮޑުވެފައި ފުދޭވަރަކަށް ދުވަސްވީ ނިޒާމެއް އޮތް ރަށަކަށްވާތީ، އެ ރަށުގެ ނަރުދަމާ ނިޒާމުގެ ހޮޅިތަކާއި، ޕަންޕް ސްޓޭޝަންތައް މަރާމާތުކޮށް، ސްޓްރީޓްމަންޓް ޕްލާންޓްތަކާއެކު މި ނިޒާމު އެއްކޮށް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ފެނާއި ނަރުދަމާގެ ދުވަސްވެފައިވާ ނިޒާމުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫއު ސްޓްލްކޯއާ ހާވާލުކޮށްފައި ވަނީ 21,572,640.09 ރުފިޔާ (އެކާވީސް މިލިއަން ފަސް ލައްކަ ހަތްދިހަ ދެ ހާސް ހަ ސަތޭކަ ސާޅީސް ރުފިޔާ ނުވަ ލާރި) އަސެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގަ އެވެ.

-01.jpg&w=3840&q=75)
