logo
MPL

MPL

ޚަބަރު

އަދަދަށް ވުރެ މުހިއްމީ ގާނޫނީ ޒިންމާއަދާކުރުން: ސީޕީ

އިޙުސާނާ އިބްރާހީމް
22 އޮކްޓޯބަރު 2026 - 13:51
ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު
ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު

ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށްވުރެ މުހިންމީ، ގާނޫނީ ޒިންމާ އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ހިދުމަތްދީ، ރަށުގެ އަމާން މާހައުލު ދެމެހެއްޓުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.


ކޮމިޝަނާ މިހެން ވިދާޅުވީ ހދ. ކުމުންދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންއެވެ.

Ad by Hajj Corporation

Ad by Hajj Corporation


މިރަސްމިއްޔާތުގައި ކޮމިޝަނާ އަހްމަދު މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްގީއަށް ދެއްވާ ހާއްސަ އިސްކަމާއި، މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ގާއިމުކުރުމަށް ފަށާފައިވާ މަޝްރޫއު ފާހަގަކުރައްވައި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.


ކޮމިޝަނަރު ވިދާޅުވީ މިއަދު ފެށިގެން މިދިޔައީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއް ފެށިގެން ކަމަށެވެ.


މީގެއިތުރުން، ކުމުންދޫ މަރުކަޒުގެ މަސައްކަތް މިހާ ހަލުވި ސްޕީޑެއްގައި ނިންމާލެވުނީ ކުމުންދޫ ކައުންސިލާއި ރައްޔިތުން މި މަޝްރޫއަށް ދެއްވި ބޮޑު އަހައްމިއްޔަތުކަމާއި، ދެއްވި އެއްބާރުލުމާއި ގުރުބާނީގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.

ވަކިވަކި އޮޕަރޭޝަންތަކަށް ފުލުހުން އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ހިދުމަތްތަކަށް ބަދަލެއް އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް އިޝާރާތްކުރައްވަމުން ކޮމިޝަނާ ވިދާޅުވީ، އޮޕަރޭޝަނަލް އިސްކަންދިނުންތައް ހުރި ނަމަވެސް، ގާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށެވެ. އަދި ކުމުންދޫއަކީ އާންމުކޮށް ކުށް މަދު ރަށެއްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ފަރުވާކުޑަނުކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފާރަވެރިކަމާއެކު ކުށުގެ ވެށި ކޮންޓްރޯލްކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރަށުގައި ތިބި ފުލުހުންނަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.


ސީޕީ އަހްމަދު މުހައްމަދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ފުލުހުންގެ ލަނޑުދަނޑިތައް ކަނޑައަޅައި މަސައްކަތްތައް ބައްޓަންކުރުމުގައި، ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން މުޖުތަމައު ބޭނުންވާ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ފުލުހުން މަސައްކަތްކުރާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަދަދަށް ވުރެ މުހިއްމީ ގާނޫނީ ޒިންމާއަދާކުރުން: ސީޕީޚަބަރު | 3 ގަޑިއިރު ކުރިން