ވިލުފުށީ އެއާޕޯޓާ ގުޅޭ މަސައްކަތްތައް ބާރު ދުވެލީގައި ދަނީ ކުރިއަށް: ކައުންސިލް ރައީސް
23 އޮކްޓޯބަރު 2026 - 04:58

ތ. ވިލުފުށި އެއާޕޯޓާ ގުޅޭ މަސައްކަތްތައް ބާުރު ދުވެލީގައި ކުރިއަށްދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ "ރަށަށް ބާރު" ފްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ބައި ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުން ވިލިފުށީގައި ކުރިޔަށްގެންދާ މަޝްރޫތަކުގެ ތެރެއިން މިވަގުތު އެންމެ ބާރަށް ކުރިއަށް ދަނީ އެއާޕޯޓުގެ މަސައްކަތާއި ހޮސްޕިޓަލްގެ މަސައްކަތް ކަމަށް ވެސް އިބްރާހިމް ފާހަގަ ކުރެެއްވެވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
އިބްރާހީމް ވިދާޅުވީ ބަދަނރުގެ މަސައްކަތްވެސް ކައުންސިލުން އެދުނުގޮތަށް ރާވާ، ވަރަށް އަވަހަށް ބަޔަކާއެކު އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ވިލުފުށީގެ ފުޓުސެލް ދަނޑާއި ރަށުގެ ބޮޑު ދަނޑު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ޝުކުރު އަދާކޮށް ފައެވެެ.
އިބުރާހީމް ވިދާޅުވީ ގައުމީ ޔުނިވާސީޓީއެއް ގާއިމުކުރުމަކީ ވެސް ރައްޔިތުން ބޭނުންވާ މަޝްރޫއުއެއް ކަމަށެވެ. އަދި ވިލިފުށީގައި ފަތުރުވެރިކަން ކުރިއެރުވުމަކީ ވެސް ކައުންސިލާއި ރައްޔިތުންގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށް ވެސް އިބްރާހިމް ފާހަގަ ކުރެއްވެވި އެވެ.
ރަށުގެ ސިއްހީ ނިޒާމުގެ ހާލަތުވެސް ރަނގަޅު ކަމަށާއި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ސިއްހީ ދާއިރާ އިން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް ވިލިފުށިން ލިބޭނެ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
