ދިވެހިރާއްޖެއާއި ޢުމާނާ ދެމެދު ފުރަތަމަ ފަހަރަށް ރަސްމީ ހާރިޖީ މަޝްވަރާތައް ބާއްވައިފި
23 އޮކްޓޯބަރު 2026 - 13:02

ދިވެހިރާއްޖެއާއި އުމާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ރަސްމީ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.
ޢުމާންގެ ވެރިރަށް މަސްކަޓުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ މެދުގައި އިސްކަންދޭ ތަފާތު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއާއި، ނޫ އިގްތިސޯދުގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި ސަޤާފީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. މީގެއިތުރުން، ދެ ގައުމުންވެސް ޝައުގުވެރިވާ ސަރަޙައްދީ އަދި ބައިނަލްއަގުވާމީ އެކި މައްސަލަތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް މައުލޫމާތު ލިބެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ ފަރާތުން ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އަންޑަރ ސެކްރެޓަރީ ފާޠިމަތު އިނާޔާއެވެ. އަދި ޢުމާންގެ ޚާރިޖީ ވުޒާރާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ ސިޔާސީ ކަންކަމާ ބެހޭ ފޮރިން ސެކްރެޓަރީ ޝެއިޚް ޚަލީފާ އަލީ އަލް ޙާރިޘީއެވެ. މީގެ އިތުރުން ޢުމާންގެ ޚާރިޖީ ވުޒާރާގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓުގެ އިސްވެރިޔާ ޝެއިޚް އަބްދުލްޢަޒީޒު މުޙައްމަދު އަލް ޙުސްނީގެ އިތުރުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޢުމާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން، ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ ވަނީ އެ ގައުމުގެ ފުޑް އިންވެސްޓްމަންޓް ހޯލްޑިންގގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން، އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި ގޮތްތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ފޮރިން ސެކްރެޓަރީ ވަނީ އުމާންގެ އިންވެސްޓްމަންޓް ޕޮރޮމޯޝަން އިދާރާގެ ޑިރެކްޓަރ ޖެނެރަލާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އިންވެސްޓްމަންޓުތައް އިތުރުކުރުމާއި، އެންމެ ރަނގަޅު އުސޫލުތަކާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޒަރީއާއިން އިޤުތިޞާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

-01.jpg&w=3840&q=75)
