logo
MPL

MPL

ޚަބަރު

ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ބޭނުން ހިފުން މުހިންމު: މުއްތަލިބު

އައިޝަތު ނަޝާއައިޝަތު ނަޝާ
24 އޮކްޓޯބަރު 2026 - 07:52
ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް -- ފޮޓޯ: ޕީއެސްއެމް
ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް -- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރާއިރު ރާއްޖެއަށް އޮތް އެންމެ ރަނގަޅުގޮތަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރިއަލްއެސްޓޭޓް ޓޫރިޒަމަކީ މިހާރުވެސް ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ބާވަތެއް ކަމަށާއި ރިއަލްއެސްޓޭޓްގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ އެ ދާއިރާ ކުރިއެރުވުމަށް ޤާނޫނާ އެއްގޮތަށް، ދައުލަތަށް އާމްދަނީ ލިބޭނެފަދަ ޕްރޮޕަޓީތައް ތަރައްގީކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އެފަދަ ޕްރޮޕަޓީތައް 99 އަހަރަށް ލީޒް އުސޫލުން ދޫކުރާއިރު އިކުއިޓީއާއެކު ނުވަތަ އިކުއިޓީއާ ނުލައި ޖޮއިންޓް ވެންޗާއެއް ހަދައިފިނަމަ ދައުލަތަށް ހިރާސްތައް ބޮޑު ކަމަށާއި އެ ޕްރޮޮޕަޓީތަކުގެ ބާރު ދައުލަތަށް އޮވެ، ކޮންމެ މުއާމަލާތަކުން ދައުލަތަށް އާމްދަނީ ލިބޭނެގޮތަށް މަޝްރޫއު ކުރިއަށް ގެންދިޔުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ވިދާޅުވިއެވެ.

މުއްތަލިބް ވިދާޅުވީ ރިއަލްއެސްޓޭޓް ދާއިރާ ކުރިއެރުވުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމުގެ ޔަގީންކަން މުއްތަލިބް ދެއްވެވި އެވެ.

މިނިސްޓަރުގެ ޕްރެޒެންޓޭޝަނުގައި 2040 ވަނައަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމުގެ ތަފްސީލްވެސް ހިއްސާކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރަން، ޤުދުރަތީ ރީތިކަމުގެ ބޭނުން ހިފުން މުހިންމު: ވަޒީރު މުއްތަލިބުޚަބަރު | 2 ގަޑިއިރު ކުރިން