logo
MPL

MPL

ޚަބަރު

މިވަގުތު ދިމާވެފަވާ އެންމެބޮނޑު ދައްޗަކީ ބަނދަރުގެ މަސައްކަތް ނުނިމި ލަސްވުން : މުރަައިދޫ ކައުންސިލްގެ ރައީސް

އިޙުސާނާ އިބްރާހީމް
24 އޮކްޓޯބަރު 2026 - 08:44
 މިވަގުތު ދިމާވެފަވާ އެންމެބޮނޑު ދައްޗަކީ ބަނދަރުގެ މަސައްކަތް ނުނިމި ލަސްވުން : މުރަައިދޫ ކައުންސިލްގެ ރައީސް

ހއ .މުރައިދޫ ރައްޔިތުން ނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮނޑު ދައްޗަކީ ބަނދަރުގެ މަސައްކަތް ނުނިމި ލަސްވަމުން ދާ މައްސަލަކަމަށް މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މެންދުރުޓީވީގެ ޚަބަރު ގަޑީގަ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްޖަދު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ކުރަމުން ދާތާ މިހާރު ހަ އަހަރު ނުވަތަ ހަތްއަހަރު ވެދާނެކަމަށާއި، މި މަސައްކަތް ހުއްޓިފައިނީ ވޭތުވެދިޔަ ސަރުކާރުން ފަށާފައި ނުނިންމުމުގެ ސަބަބުން ކަމަށެވެ. އަދި ބޮޑު ހިލަ އައުމާއެކު ތިންމަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިމޭނެ ކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ބަނދަރާ އަޅުގަނޑުމެން އިޤްތިސާދާގުޅިފަ މިއޮންނަނީ ކޮމާށިއަލް ބިންތަށް ދޫކުރުމަށް ތަންކޮޅެއް އުނދަގޫތަކެއް އެބަވޭ ބަނދަރު ނުނިމޭތީ"އަމްޖަދު ވިދާޅުވީ އެވެ.

އަމްޖަދު އިތުރަށް ވިދާޅުވީ، މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިޔަށް ދަނީ ރަށުގެ ޕޮލިސްޓޭޝަންގެ މަސައްކަތް ކަމަށެވެ. އަދި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި، ރަށުގެ ބޮޑު ދަނޑުގެ މަސައްކަތް ވެސް ކުރިޔަށް ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުރައިދޫ ރަސްމީ ފުޓުސެލް ދަނޑުގެ މަސައްކަތަށް ދޫކޮށްފައިވާ ބިމުގައި މިހާރު ކުރިޔަށް ދަނީ އެބިން ސާފުކުރުމުގެ މަސައްކަތް ކަމަށާއި، އަދި އެރަށުގައި ޒަމާންތަކެއް ވަންދެން މަސައްކަތް ނުފެށިހުރި ހެލްތުސެންޓަރ ގެ މަސައްކަތް ވެސް މިހާރު ކުރިޔަށް ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އާބާދީގައި 941 މީހުން ދިރިއުޅޭ އެރަށުގެ އާންމު ހާލަތަށް ރިއާޔަތް ކޮށް އަމްޖަދު އިތުރަށް ވިދާޅުވީ، ވާރޭވެހޭއިރު މަގުތަކުގައި ފެން ހެދުމުގެ ސަބަބުން އެކުސިޑެންޓު ތައް ގިނަވެ ސުކޫލްއަށް ދާ ދަރިވަރުންނާއި، މިސްކިތަށް ދާ ބޭފުޅުންނަށް ދަތިތަކެށް ހުރިކަމަށާއި، ނަމަވެސް ކައުންސިލުން މިހާރުވަނީ އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްފައިކަމަށެވެ.

އަދި އެކަމަށް ދާއިމީހައްލެެއް ލިބިފައިނެއް ނަމަވެސް، އުންމީދަކީ އާރުޑީސީ ނުވަތަ އެމްޓީސީސީން އެކަންހައްލުކުރުމުގެ މަސައްކަތް ފަށާނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިވަގުތު ދިމާވެފަވާ އެންމެބޮނޑު ދައްޗަކީ ބަނދަރުގެ މަސައްކަތް ނުނިމި ލަސްވުން : މުރަައިދޫ ކައުންސިލްގެ ރައީސް ޚަބަރު | 4 ގަޑިއިރު ކުރިންދެ ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފިޚަބަރު | 7 މަސް ކުރިން