logo
MPL

MPL

ޚަބަރު

އެމްޑީޕީގެ 5 އަހަރަށްވުރެ ބޮޑު ތަރައްގީއެއް މިވީ 3 އަހަރު ރައީސް މުއިއްޒު ގެނެސްދީފި: މުހައްމަދު އަބްދުﷲ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
24 އޮކްޓޯބަރު 2026 - 16:05
އެމްޑީޕީގެ 5 އަހަރަށްވުރެ ބޮޑު ތަރައްގީއެއް މިވީ 3 އަހަރު ރައީސް މުއިއްޒު ގެނެސްދީފި:  މުހައްމަދު އަބްދުﷲ

އެމްޑީޕީ ވެރިކަމުގެ 5 އަހަރަށްވުރެ ބޮޑު ތަރައްގީއެއް މިވީ 3 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް ގެނެސްދީފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ ޓީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ، މި ސަރުކާރުން ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް އުނދަގޫވާ ކަމަށެވެ. ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ 5 އަހަރު ހާސިލުކުރެވުނު މިންވަރަށްވުރެ ބޮޑު ތަރައްގީއެއް މިވީ 3 އަހަރުގެ ތެރޭގައި ރައީސް މުއިއްޒުގެ ސަރުކާރުގައި އެމަނިކުފާނު ގައުމަށް ގެނެސްދެއްވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ރައީސްގެ އަގު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަ ކުރައްވައި، ކުރީގެ ސަރުކާރުން ވެފައިވާ ވައުދުތަކާއި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ހަގީގަތުގައި ނިމުމަކާ ހަމައަށް ގޮސްފައިވަނީ ކިތައް އިންސައްތަ މަސައްކަތްތޯ ރައްޔިތުން ވިސްނާލުމަށް އޭނާ ގޮވާލެއްވިއެވެ.

ޕާކިންގް މައްސަލަތަކާ ގުޅިގެން އެމްޑީޕީން ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ ގުޅޭގޮތުން އުފައްދާ ސުވާލުތަކަށް ރައްދު ދެއްވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ޕާކިންގް މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތަކީ ކޮބައިކަން އެ ފަރާތްތަކުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

ގައުމުގެ މިހާރުގެ ހާލަތާއި ކުރީގެ ސަރުކާރުގެ ދުވަސްވަރު އޮތް ހާލަތާ އަޅާކިޔައި ބެލުމަށް މުހައްމަދު އަބްދުﷲ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ 5 އަހަރަށްވުރެ ބޮޑު ތަރައްގީއެއް މިވީ 3 އަހަރު ރައީސް މުއިއްޒު ގެނެސްދީފި: މުހައްމަދު އަބްދުﷲ ޚަބަރު | ގަޑިއިރެއް ކުރިން