ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
25 އޮކްޓޯބަރު 2026 - 04:57

ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވސް ޕޮލިސް ސަރްވިސްއިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، މި ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ގަރާޖަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ހާމަކޮށްފިއެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާއިރު، އަލިފާނުގެ އަސަރު ފޯރާފައިވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
މި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެއާޕޯޓުގެ ފަޔަރ ފައިޓަރުންގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަންނަނީ ގުޅިގެންހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ކުޅުދުއްފުށީގައި ތިބޭ އެމް.އެން.ޑީ.އެފްގެ ފަޔަރ ޓީމު މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންނެވެ.
ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުއަންނަނީ.........

-01.jpg&w=3840&q=75)
