logo
MPL

MPL

ޚަބަރު

މުދަލުގައި އަގު ނުޖަހާ ހުރި 17 ފިހާރައަކަށް ނޯޓިސް ދީފި

އައިޝަތު ނަޝާއައިޝަތު ނަޝާ
25 އޮކްޓޯބަރު 2026 - 06:17
މުދަލުގައި އަގު ނުޖަހާ ހުރި 17 ފިހާރައަކަށް ނޯޓިސް ދީފި

ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައިހުރިތޯ ބެލުމަށް މާލޭ ސަރަޙައްދުގައި ހިންގި އިންސްޕެކްޝަނެއްގައި، ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނާ ޚިލާފަށް މުދަލުގައި އަގު ނުޖަހާ ހުރި 17 ފިހާރައަކަށް އެކަން ރަނގަޅުކުރުމަށް އަންގައިފިއެވެ.

އިޤްތިސާދީ ތަރައްޤީއާއި ދަތުރު ފަތުރާއި ވިޔަފާރިއާއިބެހޭ ވުޒާރާ ގެ އިންސްޕެކްޝަން ޓީމުން މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 15 އިން 20 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މާލޭ ސަރަޙައްދުގެ ޖުމްލަ 34 ފިހާރައެއް ވަނީ ބަލައި ފާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންސްޕެކްޝަނުގެ ތެރެއިން ޗެކުކުރެވުނު ފިހާރަތަކުގެ ތެރެއިން 17 ފިހާރައެއްގައި ތަކެތި ވިއްކަން ބަހައްޓާފައި ހުރީ ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަގު ނުޖަހައެވެ. އެހެންކަމުން، ޤާނޫނާ އެއްގޮތަށް އެކަންކަން އިޞްލާޙުކޮށް ރަނގަޅުކުރުމަށް އެ ވިޔަފާރިތަކަށް މިހާރު ވަނީ ރަސްމީކޮށް ނޯޓިސް ދީފައެވެ.

މުދަލުގައި އަގު ޖަހާފައިހުރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން އިންސްޕެކްޓްކުރަމުން ގެންދާނެ ކަން ވަނީ އަންގާފައެވެ. އަދި ޤާނުނުގައި ބަޔާންކުރާގޮތަށް އަގުޖަހާފައ ނުހުންނަ ވިޔަފާރިތަކަށް ފިޔަވަޅު އަޅަމުން ގެންދާނެކަމަށް މައުލޫމާތުލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލުގައި އަގު ނުޖަހާ ހުރި 17 ފިހާރައަކަށް ނޯޓިސް ދީފިޚަބަރު | 2 ގަޑިއިރު ކުރިން