"ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް" މަހާ ނަސީރަށް
25 އޮކްޓޯބަރު 2026 - 09:46

މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި "ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026" ގައި ދިވެހި ޝެފް މަހާ ނަސީރަށް "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން" ލިބިއްޖެެއެވެ.
ކުއާލަލަމްޕޫރުގެ އަންޑަމަން ގްރޭންޑް ބޯލްރޫމްގައި މި މަހުގެ 22 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި، ދުނިޔޭގެ މަޝްހޫރު ޝެފުންނާއި ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފުންނާބުއުސް ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
.jpeg&w=3840&q=75)
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މަހާއަކީ، 2022 ވަނަ އަހަރު "މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑް" އިން ދޭ "މާސްޓަރ ޝެފް" ގެ ލަގަބުވެސް ހާސިލުކުރައްވާފައިވާ ޝެފެކެވެ. މީގެ އިތުރުން މަހާ އަކީ ބައިނަލްއަޤްވާމީ ސެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ސެފްސް ސޮސައިޓީ (ވެކްސް)ގެ ކޮންޓިނެޓަލް ޖަޖްއެކެވެ.
ވޯލްޑް ގޯމޭ މެލޭޝިއާއިން އިންތިޒާމުކޮށްގެން ބާއްވާ މި އެވޯޑަކީ، ކަލިނަރީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ބަލައިގަތުމުގެ ގޮތުން 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އަހަރުގެ ހަފްލާގައި ޝެފުންނާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތި ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް ވަނީ އެވޯޑު ދީފައެވެ.
ޝެފް މަހާ ނަސީރު ހޯދި މި ބައިނަލްއަގުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަމާއި ރާއްޖޭގެ ކާބޯތަކެތި ދުނިޔޭގެ ފެންވަރުގައި އިތުރަށް މަގުބޫލުވެގެންދިޔުމަށް މުހިންމު ފިޔަވަޅެކެވެ.

-01.jpg&w=3840&q=75)
