އުއްމީދުކުރަނީ ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް މިހަފްތާގައި ލިބުން: މިނިސްޓަރު

.jpg&w=3840&q=75)
28 އޯގަސްޓު 2024 - 06:35
އުއްމީދުކުރަނީ ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް މިހަފްތާތެރޭގައި ލިބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހަފްތާތެރޭފައި އެ ބޭންކުގެ ލައިސަންސް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުއްމިދަކީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ވިޝަން ހާސިލުކުރުމަށްޓަކައި މި ހަފްތާގެ ތެރޭގައި ޑިވޮލޮޕްމަންޓް ބޭންކްގެ ލައިސަންސް ލިބުން."މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ބޭންކުގެ ސަބަބުން ރާއްޖޭގެ ރިސޯޓްތައް ތަރައްގީ ކުރަންވެސް، ގެސްޓް ހައުސްތައް ތަރައްގީ ކުރަންވެސް އަދި ބޭރުގެ ބޭންކްތަކާއި ގުޅިގެން ފައިނޭންސް ރެއިޒް ކުރާނެ ކަމަށާއި، އެހެންކަމުން އެސެޓް ބޭސްއަށް ކިހިނެއްތޯ ކުރިއަރައިގެންދާނީ ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
އިތުރު ލިޔުންތައް

އެފްޓީއޭއަށް ޖެނުއަރީ 1 އިން ފެށިގެން އަމަލު ކުރަން ފަށަނީ
8 މަސް ކުރިން
ފަންނުވެރިންނަށް ޚާއްސަ " ކްރިއޭޓިވް އިކޮނޮމީ ފަންޑް" އެއް ލޯންޗުކުރަނީ
8 މަސް ކުރިން
ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށް އެބަދޭ - މިނިސްޓަރ
25 ދުވަސް ކުރިން