logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރައްޤީގައި ކުރިއަރާ ދިއުމަށްޓަކައި ރާއްޖެ މިއޮތީ ހެޔޮ ފާލެއްގައި - މިނިސްޓަރ

އަޙްމަދު ޒަލީފް
28 އޭޕްރީލު 2025 - 11:59
ތަރައްޤީގައި ކުރިއަރާ ދިއުމަށްޓަކައި ރާއްޖެ މިއޮތީ ހެޔޮ ފާލެއްގައި - މިނިސްޓަރ

ތަރައްޤީއާއި ކުރިއަރާ ދިއުމުގައި ރާއްޖެ މިވަގުތު އޮތީ ހެޔޮ ފާލެއްގައި ކަމަށާއި، ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި 2040 ވަނަ އަހަރުގެ ކުރިން ރާއްޖެ ހިމެނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުުރުވިސްނުންފުޅާ އެކު ޚާއްސަ މަގުޗާޓެއްގެ ދަށުން މަސައްކަތްކުރައްވަމުން އަންނަ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް - މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ، ބޭރު އިންވެސްޓަރުންނަށް ރާއްޖެ ފަހިކުރުމަށް ޚާއްސަ ޤާނޫނެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެކުލަވާލާފައިވާ ފޮރިން އިންވެސްޓްމެންޓާ ބެހޭ ޤާނޫނާއެކު ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ރައްކާތެރިކަން ލިބި، ހާމަކަމާއެކު ވިޔަފާރިކޮށް، ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި ދައުރެއް އަދާކުރުމުގެ މަގު ފަހިވާނެކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

"އިންވެސްޓްމެންޓް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ އިންވެސްޓަރުންނާ ބައްދަލުވެ، ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިވާނެ. އަދި ކުރިއަށް އޮތް ތަނުގައި އިޤުތިޞާދީ ދާއިރާއިން ގުޅިގެން ކުރިއަރާ ދިއުމަށް މަގު ފަހިވާނެ." ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމެއް މެލޭޝިޔާގައި ބޭއްވިގެން ދިއުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުންތައް ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގައިވެސް އިންވެސްޓް ކުރެވެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ގެންދަވަނީ މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ-މެލޭޭޝިޔާ އިންވެސްޓްމެންޓް ފޯރަމް މިހާރު ފަށާފާވާއިރު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި މިހާރު ވަނީ ސޮއިކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްޤީގައި ކުރިއަރާ ދިއުމަށްޓަކައި ރާއްޖެ މިއޮތީ ހެޔޮ ފާލެއްގައި - މިނިސްޓަރޚަބަރު | 5 މަސް ކުރިންބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށް އެބަދޭ - މިނިސްޓަރ ޚަބަރު | 5 މަސް ކުރިންފަންނުވެރިންނަށް ޚާއްސަ " ކްރިއޭޓިވް އިކޮނޮމީ ފަންޑް" އެއް ލޯންޗުކުރަނީ ޚަބަރު | އަހަރެއް ކުރިންއެފްޓީއޭއަށް ޖެނުއަރީ 1 އިން ފެށިގެން އަމަލު ކުރަން ފަށަނީ ޚަބަރު | އަހަރެއް ކުރިން