logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 923 މިލިޔަން ރުފިޔާ

ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 923 މިލިޔަން ރުފިޔާ

ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 923 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ބަންކަރިންއިން ރާއްޖެއަށް 923.46 މިލިޔަން ރުފިޔާ ލިބިފައިވާކަމަށާއި މިއީ 30 އެޕްރީލް 2026 އާއި ހަމައަށް ލިބުނު އާމްދަނީ ކަމަށެވެ. އަދި ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ %90 ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ތެޔޮކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލް އިން ކަމަށާއި ބަންކަރިންގެ ޚިދުމަތާއިއެކު އެސްޓީއޯގެ އާމްދަނީވެސް ދަނީ އިތުރުވަމުންކަން ބަޒީރު ފާހަގަކުރެއްވިއެވެ.

އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ދައްކާގޮތުން، ފުރަތަމަ ކުއާޓަރގައި 5.49 ބިލިޔަން ރުފިޔާ އާމްދަނީއެއް ލިބިފައިވެއެވެ. އާމްދަނީ އިތުރުވި އެންމެ ބޮޑު ސަބަބަކީ ކުންފުނީގެ ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ސަބަބުން ތެލުގެ ވިޔަފާރިއަށް ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 27 އިންސައްތަ ކުރިއެރުން ލިބިފައިވެއެވެ.

އެސްޓީއޯއިން ފާހަގަކުރާ ގޮތުގައި ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ބަންކަރިން ޚިދުމަތުން ލިބުނު ކުރިއެރުމެވެ. ފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު 18 މިލިޔަން ލީޓަރު އިތުރުވެފައިވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޭޕަލްގެ އިންޤިލާބީ ފެށުން: ދިވެހި ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަމުގެ އައު ދޮރެއް ހުޅުވިއްޖެޚަބަރު | 8 ދުވަސް ކުރިންއައްޑޫގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދާނީ ވިޔަފާރިވެރިންގެ މަޝްވަރާއާއެކު: ސައީދުޚަބަރު | މަހެއް ކުރިންއައްޑޫ ސިޓީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބައިވެރިންޚަބަރު | މަހެއް ކުރިންއައްޑޫ ބިޒްނަސް ޑައިލޮގް: ދެކުނުގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވޭ ތާރީޚީ ބައްދަލުވުމެއްޚަބަރު | މަހެއް ކުރިން