logo
Bank of Maldives

Bank of Maldives

ޚަބަރު

ޕޭޕަލްގެ އިންޤިލާބީ ފެށުން: ދިވެހި ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަމުގެ އައު ދޮރެއް ހުޅުވިއްޖެ

ޒިދާން މުޙައްމަދު
15 ޖޫން 2026 - 13:39
ޕޭޕަލްގެ އިންޤިލާބީ ފެށުން: ދިވެހި ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަމުގެ އައު ދޮރެއް ހުޅުވިއްޖެ

ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގެ ބޮޑު މައިދާނަށް ދިވެހިން ވަނުމަށް ހުރި އެންމެ ބޮޑު ހުރަސް މިއަދު ނެތިގޮސް، ދިވެހި އުފެއްދުންތެރިންނަށް މުޅި ދުނިޔެއާ ގުޅާލުމުގެ ފުރުޞަތު ފަހިވެއްޖެއެވެ. އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތަޢާރަފުކުރުމާއެކު، މިއީ ދިވެހިންނަށް ލިބުނު "ޙަޤީޤީ މާލީ މިނިވަންކަމެއް" ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ސިފަކުރައްވާފައެވެ.

މި ތާރީޚީ ފެށުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ކަމަށެވެ. ޚާއްޞަކޮށް، ރާއްޖޭގެ މާކެޓް ކުޑަވުމަކީ ކުރިއަށްދާން އޮތް ހުރަހެއް ނޫންކަން މި ކާމިޔާބީން ހާމަވެގެންދާކަމަށާއި، މިއީ ހަރުދަނާ ލީޑަރޝިޕެއްގެ ދަށުން ގެނެވުނު ނިޒާމީ ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މީގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި އަންހެނުންނަށް ޑިޖިޓަލް ދާއިރާއިން އެއްވެސް ހުރަހެއް ނެތް ފުރިހަމަ މިނިވަންކަމެއް ހޯދައިދިނުން،" ވަޒީރު ވިދާޅުވިއެވެ. ޕޭޕަލް ފަދަ ބައިނަލްއަޤުވާމީ މާލީ ވަސީލަތްތައް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއަށް ގެނައުމަކީ، ދިވެހި އަމިއްލަ އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ސީދާ ބައިވެރިވެވޭނެ މަގު ކޮށައިދިން ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި މަސައްކަތުގެ ފަހަތުގައި އޮތް ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެތައް އަހަރެއް ވަންދެން ހައްލުނުވެ އޮތް މި މައްސަލައަށް ހައްލެއް ހޯދުމަށް ފުރަތަމަ ހަ މަސްދުވަހު ކުރި މަސައްކަތުން ނަތީޖާއެއް ނުފެނުމުން، މުޅި ސްޓްރެޓީޖީ ބަދަލުކުރަން ޖެހުނު ކަމަށެވެ. އެގޮތުން، ވަގުތީ ހައްލެއްގެ ބަދަލުގައި، ބައިނަލްއަޤުވާމީ އިތުބާރު ލިބޭނެފަދަ ހަރުދަނާ ޤާނޫނީ ބިންގަލެއް އެޅުމަށް ސަރުކާރުން އިސްކަންދެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނެއްގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް މީހުން ބޭނުންކުރާ ޕޭޕަލްގެ ނެޓްވޯކް ރާއްޖެއާ ގުޅާލުމަށް އެ ކުންފުނިން އިޚްތިޔާރުކުރި ބައިވެރިއަކީ އުރީދޫއެވެ. މިއީ ދިވެހި ރައްޔިތުން އަބަދުވެސް އިންތިޒާރުކުރަމުން އައި، އަދި ދިވެހި އިޤްތިޞާދަށް އާ ދިރުމެއް ގެނުވާނެ މުހިންމު ފިޔަވަޅެއްކަން ކަށަވަރެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޭޕަލްގެ އިންޤިލާބީ ފެށުން: ދިވެހި ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަމުގެ އައު ދޮރެއް ހުޅުވިއްޖެޚަބަރު | 2 ގަޑިއިރު ކުރިންއައްޑޫގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދާނީ ވިޔަފާރިވެރިންގެ މަޝްވަރާއާއެކު: ސައީދުޚަބަރު | މަހެއް ކުރިންއައްޑޫ ސިޓީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބައިވެރިންޚަބަރު | މަހެއް ކުރިންއައްޑޫ ބިޒްނަސް ޑައިލޮގް: ދެކުނުގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވޭ ތާރީޚީ ބައްދަލުވުމެއްޚަބަރު | މަހެއް ކުރިން