logo
MPL

MPL

ޚަބަރު

ވެހިކަލް މުސްކުޅި ކުރުމަށް އަމަލު ކުރަން ފަށާނީ ތިން އަހަރު ފަހުން، އެކަށީގެންވާ ބަދަލެއް ލިބޭނެ: ސައީދު

އަޙުމަދު ރިޝާން
10 ސެޕްޓެމްބަރު 2026 - 04:55
ވެހިކަލް މުސްކުޅި ކުރުމަށް އަމަލު ކުރަން ފަށާނީ ތިން އަހަރު ފަހުން، އެކަށީގެންވާ ބަދަލެއް ލިބޭނެ: ސައީދު

 މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތައް މުސްކުޅި ކުރުމަށް އަމަލު ކުރާނީ ތިން އަހަރު ފަހުން ކަމަށާއި ވެހިކަލް އެއް މުސްކުޅި ކުރަންޖެހޭ ހާލަތުގައި އެކަށީގެންވާ ބަދަލެއް ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ވެހިކަލް މުސްކުޅި ކުރާއިރު ރައްޔިތުންނަށް ތަކުލީފެއް އުފުލަން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ވިސްނާފައިވާ ކަމަށެވެ. އެގޮތުން ތާޑްޕާޓީކޮށް ނަމަވެސް އެ ވެހިކަލަކަށް ލިބެންޖެހޭ އަގު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދު ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ސްކޫލް ބަހުގެ ހިދުމަތާއި ސަރުކާރު އޮފީސްތަކަށް މީހުން އުފުލުމަށް ހާއްސަ ބަސްދަތުރުތަކެއް ހަމަޖެއްސުމަށް ވެސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ އިންތިޒާމުތައް ހަމަޖައްސަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޢުދުތައް ފޮތަކަށް އެއްކުރައްވައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ މުޢިއްޒު: ވަޒީރު ސަޢީދުޚަބަރު | މަހެއް ކުރިންވެހިކަލް މުސްކުޅި ކުރުމަށް އަމަލު ކުރަން ފަށާނީ ތިން އަހަރު ފަހުން، އެކަށީގެންވާ ބަދަލެއް ލިބޭނެ: ސައީދުޚަބަރު | 2 މަސް ކުރިންމާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއްޚަބަރު | 2 މަސް ކުރިންއެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަންޚަބަރު | 3 މަސް ކުރިން