logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ޑޮލަރާއި ގުޅުވައި ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަން

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޯގަސްޓު 2026 - 20:04
އެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަން

ޑޮލަރާ ގުޅުވައިގެން ދޮގު މައުލޫމާތު ފަތުރަމުންދަނީ މުޒާހަރާތަކަށް މީހުން ޖަމާކުރުމުގެ ބޭނުމުގައި ކަމަށާއި، ނަމަވެސް ކުރީގެ އެމްޑީޕީ ސަރުކާރާ އަޅާބަލާއިރު މިހާރު ރަސްމީ ރޭޓުގައި ދޫކުރާ ޑޮލަރުގެ އަދަދުތައް އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ނަންބަރުތަކާއެކު އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރާ ގުޅުވައިގެން ދޮގު ވާހަކަތައް ދެއްކުމުން މާކެޓްގައި ނުތަނަވަސްކަން އުފެދި، ބްލެކް މާކެޓަށް އިތުރަށް ހިތްވަރުލިބިގެންދާ ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސޯދަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަންކަން ކުރަނީ ސިޔާސީ ބޭނުމުގައި މުޒާހަރާއަށް މީހުން އެއްކުރަން ކަމަށްވީ ނަމަވެސް، ރައްޔިތުންނަށް މީގެ ހަގީގަތް އެނގޭނެ ކަމަށާއި ސަރުކާރުގެ ޒިންމާއަކީ ހަގީގަތް ކިޔައިދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ސައީދު ވަނީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރާއި މިހާރުގެ ޑޮލަރުގެ ހޭދަތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން 2021 ވަނަ އަހަރު ބޭންކް ކާޑުތަކުން މަހަކު އެވްރެޖުކޮށް ދޫކުރީ 10 މިލިއަން ޑޮލަރު ކަމަށްވާއިރު، މިހާރު މަހަކު 39 މިލިއަން ޑޮލަރު ކާޑުތަކަށް ބޭނުންކުރާ ކަމަށް ވިދާޅުވިއެވެ. އަދި ވިޔަފާރިތަކަށް ޓީޓީ ހަދަން 2021 ގައި މަހަކު ދޫކުރީ 6.7 މިލިއަން ޑޮލަރު ކަމަށާއި، މިހާރު އެ އަދަދު 26.6 މިލިއަން (ގާތްގަނޑަކަށް 27 މިލިއަން) ޑޮލަރަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގައި ބޭންކް މެދުވެރިކޮށް ޓީޓީ ހެދުނީ 5 އިންސައްތައަށް ކަމަށްވީ ނަމަވެސް، މިހާރު 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދަކަށް ބޭންކް ސަޕޯޓް ދޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

''ވިޔަފާރިތަކަށް ދޫކުރީ ޓީޓީ އަށް 2021 ވަނަ އަހަރު ދޫކޮށްފައި ވަނީ އެންމެ 6.7 މިލިއަން ޑޮލަރު މަހަކަށް އެވްރެޖްކޮށް ޖެހިފައި، މިހާރު އެ އަދަދު 26.6 މިލިއަން ޑޮލަރަށް، ގާތްގަނޑަކަށް 27 މިލިއަން ޑޮލަރު ބޭންކް ސަޕޯޓް އެބަދޭ، 30 އިންސައްތައާއި 40 އިންސައްތައާއި ދެމެދު ވިޔަފާރިކުރާ ފަރާތްތަކަށް ޓީޓީ ހަދައިދޭ، އެމްޑީޕީ ވެރިކަންކުރިއިރު އެންމެ 5 އިންސައްތަ ބޭންކު މެދުވެރިކޮށް ޓީޓީ ހެދެނީ، މިއީ އައިސްފައި ހުރި ތަފާތު'' -މިނިސްޓަރު ސައީދު-

އިތުރު ދާއިރާތަކަށް ބަލާއިރު، ދަރިވަރުންގެ ކިޔެވުމަށް 2021 ގައި މަހަކު 1.9 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު އެ އަދަދު ވަނީ ދެގުނަ އިތުރުވެ 3.9 މިލިއަން (ގާތްގަނޑަކަށް 4 މިލިއަން) ޑޮލަރަށް އަރާފައެވެ. ބޭސްފަރުވާއަށް 2021 ގައި 159,000 ޑޮލަރު، 2022 އާއި 2023 ގައި 3 ލައްކަ ޑޮލަރު ދޫކުރިއިރު، މިހާރު ހަމައެކަނި ބޭސްފަރުވާއަށް މަހަކު 3 މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކުރެއެވެ. އަދި ރާއްޖެއިން ބޭރަށް ދާ މީހުންނަށް 2021 ގައި 1.5 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދޫކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ 15.42 އިން އެމްއެމްއޭގެ ސަޕޯޓާއެކު ބޭންކުން ދޫކުރާ ރަސްމީ އަދަދުތަކެވެ.

 

View post on Twitter

 

މީގެއިތުރުން އީކޮމާސް ދާއިރާއަށްވެސް ޑޮލަރު ދޫކުރާ އަދަދު އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ އެމްއެމްއޭ އާއި ބީއެމްއެލް މެދުވެރިކޮށް މީގެކުރިން ދުވަސްވަރަކުވެސް ދޫނުކުރާ މިންވަރަށް މިހާރު ރަސްމީކޮށް ޑޮލަރު ދޫކުރަމުންދާ ކަމަށެވެ. އަދި ބްލެކް މާކެޓް އުފެދެނީ ބޭންކިން ސިސްޓަމް ތެރެއަށް ޑޮލަރު ނުވައްދައި ބޭރުން ވިއްކާތީ ކަމަށާއި، އެކަމަށް ހިތްވަރު ދެނީ ބައެއް ނޫސްތަކުގެ ހެޑްލައިންތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

''މީގެ އިތުރުން އީކޮމާސް ދާއިރާ އަށް ބަލާއިރު ޔޫއެސްޑޮލަރު އެތައް ގުނައެއް އިތުރުވެގެން ގޮއްސި، އެމްޑިޕީ ވެރިކަމުގައި އޮތް ހާލަތެއްނޫން މިހާރު މިއޮތީ، ވިޔަފާރިވެރިންނަށް، ކިޔަވަންދާ ދަރިވަރުންނަށް، މެޑިކަލްއަށް، ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ދޫކުރާ އަދަދު މިހުރީ އެމްއެމްއޭއިން ވެސް އަދި ބީއެމްއެލް އިން ވެސް ދުވަހަކުވެސް މީގެކުރިން ދޫނުކުރާ އަދަދަށް ޑޮލަރު ދޫކުރަނީ،'' - މިނިސްޓަރު ސައީދު-

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ މައްސަލަ ހައްލުކުރަން އުޅުއްވި ގޮތަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، އެއިރު އެމްއެމްއޭއިން ފެށިގެން މަސްމާރުކޭޓާ ހަމައަށް ކިއޫ ދަމާލިއިރު، ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަން ނިންމެވި ކަމަށެވެ. އަދި ރަސްމީ ބޭންޑަކީ 10 ރުފިޔާ ކަމަށް ހައްދަވައިގެން ޑޮލަރުގެ އަގު ކުޑަކުރިކަން ދައްކަން އުޅުއްވި ނަމަވެސް، ވެރިކަން ނިމުނުއިރު މާކެޓް ރޭޓް ހުރީ 17 ރުފިޔާގައި ކަމަށް ވިދާޅުވެ، އިގްތިސޯދީ މާހިރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަންކަން ކުރެއްވި ގޮތުގެ ހަގީގަތް ސައީދު ވަނީ ވިދާޅުވެދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަންޚަބަރު | ގަޑިއިރެއް ކުރިންއަސާސީ ކާބޯތަކެތި އިތުރުކޮށް، އެތަކެތީގެ އަގު ހެޔޮކޮށްދިނީ މި ސަރުކާރުން: ސައީދުޚަބަރު | 4 ދުވަސް ކުރިންއިގްތިސޯދަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްގެން އެއްވެސް ބަޔަކަށް ފައިދާއެއް ނެތް: ސައީދުޚަބަރު | 7 ދުވަސް ކުރިންޕެޓްރޯލާއި ޑީސަލް އަގު ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދުޚަބަރު | 9 ދުވަސް ކުރިން