logo
Bank of Maldives

Bank of Maldives

ޚަބަރު

އަށް އަތޮޅެއްގެ އަށް ރަށެއްގައި އެފްއެސްއެމްގެ ތެޔޮ ޝެޑް ގާއިމު ކޮށްފި

އަޙުމަދު ރިޝާން
26 ސެޕްޓެމްބަރު 2026 - 10:35
އަށް އަތޮޅެއްގެ އަށް ރަށެއްގައި އެފްއެސްއެމްގެ ތެޔޮ ޝެޑް ގާއިމު ކޮށްފި

 

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިއުލް ޝެޑް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި އެފްއެސްއެމްގެ ފިއުލް ޝެޑް ޤާއިމުކޮށް ނިންމާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ޤާއިމުކުރުމަށް ފެށި މި މަސައްކަތް މިހާރު ވަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް ގޮސްފައެވެ. އެގޮތުން ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ދ. މީދޫ، ދ. ކުޑަހުވަދޫ، އަދި ފ. ނިލަންދޫގައި ފިއުލް ޝެޑް ހަދައި، މިހާރު އަންނަނީ އެ ރަށްރަށުން ޚިދުމަތް ފޯރުކޮށްދެމުންނެވެ.

 

View post on Twitter

 

ވަޒީރު ވިދާޅުވިގޮތުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި ހުރިހާ އަތޮޅެއް ހިމެނޭހެން މި ހިދުމަތް ފުޅާކޮށް، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން މުޅި މަޝްރޫޢު ނިންމުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެވެ. އަމިއްލަ ފަރާތްތަކުން އާންމު ރޭޓަށްވުރެ ބޮޑުކޮށް ތެޔޮ ވިއްކަމުންދިޔަ ދަތިކަމަށް މި މަޝްރޫއުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ ރައްޔިތުންނަށް، ވަކިން ހާއްސަކޮށް މަސްވެރިންނާއި ސިނާއީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކަށް ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތެޔޮ ހޯދަން ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ވަގުތާއި ތަކުލީފު ސަލާމަތްވެގެންދާނެ މުހިންމު ކާމިޔާބީއެއް ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ. ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައިވާއިރު، މި އަހަރުގެ ތެރޭގައި އިތުރު ރަށްތަކުގެ މަސައްކަތް ނިންމައި ފިއުލް ސްޓޭޝަންތައް ހުޅުވަމުން ގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަށް އަތޮޅެއްގެ އަށް ރަށެއްގައި އެފްއެސްއެމްގެ ތެޔޮ ޝެޑް ގާއިމު ކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއްޚަބަރު | މަހެއް ކުރިންއެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަންޚަބަރު | މަހެއް ކުރިންޕެޓްރޯލާއި ޑީސަލް އަގު ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދުޚަބަރު | 2 މަސް ކުރިން