logo
Bank of Maldives

Bank of Maldives

ޚަބަރު

ޕެޓްރޯލާއި ޑީސަލް އަގު ރާއްޖޭގައި ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދު

އަޙުމަދު ރިޝާން
3 އޯގަސްޓު 2026 - 17:24
އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު --ފޮޓޯ/ރައީސް އޮފީސް
އިގްތިސާދާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު --ފޮޓޯ/ރައީސް އޮފީސް

 މެދުއިރުމައްޗަށް ދިމާވެފައިވާ ހަލާތުގައި ވެސް ސަރަހައްދީ ގައުމުތަކަށްވުރެ ޕެޓްރޯލާއި ޑީސަލް އަގު ރާއްޖޭގައި ހެޔޮ ކަމަށާއި ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ވީޑިއޯއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ކޮންމެ އޯގަސްޓް މަހެއްގެ 12 އަދި 13 ވަނަ ދުވަހާ ދިމާކޮށް އެމްޑީޕީ "ޓްރިގާ" ވާ ކަމަށެވެ. އެގޮތުން މިފަހަރު ގެންގުޅޭ ދޮގަކީ ތަކެތީގެ އަގު ބޮޑުވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އަށް ބިލިޔަން ރުފިޔާ ޗާޕުކުރުމުން އިގްތިތިސޯދު ދުވަހަކު ވެސް ނުވެއްޓޭވަރު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށާއި އެހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ އިރު ވެސް ރާއްޖޭގައި އަގުތައް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށެވެ. ރާއްޖޭގައި މިހާރު ވެސް ޕެޓްރޯލް ލީޓަރެއް 16.1 ރުފިޔާ އަށް ލިބޭ ކަމަށާއި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރި ކަމަށް ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ސަރަހައްދީ ގައުމުތަކާ އަޅާ ކިޔާއިރު ހެޔޮ އަގެއް ކަމަށެވެ.

މިނިސްޓަރު ސައީދު ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ޕެޓްރޯލްހުރި މިންވަރަށް އަލި އަޅުވާލައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 40.9 ރުފިޔާގައި އުޅޭއިރު، އިންޑިއާގައި އެ އަގު ހުރީ 18.8 ރުފިޔާގަ އެވެ. އަދި ސިންގަޕޫރުގައި ޑީސަލް ލީޓަރެއް އުޅެނީ 41.63 ރުފިޔާއަށެވެ. ދުބާއީގައި ލީޓަރެއް ހުރީ 16.1 ރުފިޔާގައެވެ.

ސައީދު ވަނީ ބައެއް އެހެން ބާވަތްތަކުގެ އަގުތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ބާޒާރުގައި ކޮންމެ ބާވަތެއްގެ ވެސް އެކި ކޮލިޓީގެ ތަކެތި އުޅޭ ކަމަށާއި މިގޮތަށް ހުންނަ ބައެއް ބާވަތްތަކުގެ އަގު ބޮޑުވުން އެކަށީގެންވާ ކަމަށް ވެސް ސައީދު ފާހަގަ ކުރެއްވެވި އެވެ.

އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ގައުމަށް ދެރަގޮތް މެދުވެރިވާން ކަމަށާއި ރާއްޖޭގައި ވެރިކަން ކޮށްފައި ތިބި ފަރާތްތަކުން ސިޔާސީ މަގުސަދެއްގައި މިފަދަ ކަންކަން ނުކުރުމަށް ސައީދު ވިދަޅުވި އެވެ.

އިދިކޮޅު އެމްޑީޕީ ވަނީ މިނިސްޓަރު، ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މިކަމާ ވިދިގެން ޕީއެންސީ ބައެއް މެމްބަރުން ބުނެފައި ވަނީ މި މައްސަލަ "ފެއިލް" ކޮށްލާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެޓްރޯލާއި ޑީސަލް އަގު ހެޔޮ، ތަކެތީ އަގާ ގުޅޭ ގޮތުން އެމްޑީޕީން ފަތުރަނީ ދޮގެއް: ސައީދުޚަބަރު | ގަޑިއިރެއް ކުރިންމިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ވައްދައިފިޚަބަރު | 2 ދުވަސް ކުރިންތުރުކީން، ރާއްޖެ އަށް 75 ބާވަތަކުން ޑިއުޓީ ކަނޑާލައިފިޚަބަރު | 2 ދުވަސް ކުރިން "އޮތެންޓިކް މޯލްޑިވްސް" ފިހާރައިން ދިވެހި އުފެއްދުންތެރިކަމުގެ ކުރިމަގުފެނޭ: މިނިސްޓަރު ސައީދުޚަބަރު | 12 ދުވަސް ކުރިން