logo
Bank of Maldives

Bank of Maldives

ޚަބަރު

އަސާސީ ކާބޯތަކެތި އިތުރުކޮށް، އެތަކެތީގެ އަގު ހެޔޮކޮށްދިނީ މި ސަރުކާރުން: ސައީދު

އަޙުމަދު ރިޝާން
8 އޯގަސްޓު 2026 - 13:47
އަސާސީ ކާބޯތަކެތި އިތުރުކޮށް، އެތަކެތީގެ އަގު ހެޔޮކޮށްދިނީ މި ސަރުކާރުން: ސައީދު

 

އަސާސީ ކާބޯތަކެތީގެ ގޮތުން ބަލަމުން އައި ކާޑުގެ ބާވަތްތަކުގެ އިތުރުން އެހެން ތަކެތި އަސާސީ ކާބޯތަކެތީގެ ގޮތުގައި ބަލައި އަގު ހެޔޮ ކޮށްދިނީ މި ސަރުކާރުން ކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯޝަލް މީޑިއާ އަށް ސައީދު ދޫކޮށްލެއްވި ވީޑިއޯއެއްގައި ވިދާޅުވީ ގާތްގަނޑަކަށް 60 އަހަރުވަންދެން ރާއްޖޭގެ އަސާސީ ކާބޯތަކެތީގެ ގޮތުގައި ބަލަމުން އައީ ހަނޑޫ، ހަކުރު އަދި ފުށް އެކަނި ކަމަށެވެ. ނަމަވެސް މިހާރު އިތުރު ބާވަތްތައް އަސާސީ ކާބޯތަކެތީގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ތަކެތީގެ އަގު ކުޑަ ކުރުމަށް ބޮޑެތި ވިޔަފާރިވެރިންގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާ، ގުޅިގެން މުދާ އެތެރެ ކުރުމުގެ އަގު އުފުލުމުން ތަކެތީގެ އަގު މައްޗަށް އަރާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 23 ބާވަތެއް ދާއިމީކޮށް ގެންނަން އެސްޓީއޯ ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި ކާށި، މުގު، ކުކުޅު ބިހެވެ. އެސްޓީއޯ އިން ވަނީ އެއީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ބަލަންފަށާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެހިކަލް މުސްކުޅި ކުރުމަށް އަމަލު ކުރަން ފަށާނީ ތިން އަހަރު ފަހުން، އެކަށީގެންވާ ބަދަލެއް ލިބޭނެ: ސައީދުޚަބަރު | 14 ދުވަސް ކުރިންމާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއްޚަބަރު | 23 ދުވަސް ކުރިންއެމްޑީޕީ ސަރުކާރާއި މިހާރުގެ ޑޮލަރުގެ ހޭދަ ނަންބަރުތަކުން، ދޮގު މައުލޫމާތު ފަތުރަނީ މުޒާހަރާއަށް މީހުން ގެންދަންޚަބަރު | މަހެއް ކުރިންއަސާސީ ކާބޯތަކެތި އިތުރުކޮށް، އެތަކެތީގެ އަގު ހެޔޮކޮށްދިނީ މި ސަރުކާރުން: ސައީދުޚަބަރު | މަހެއް ކުރިން