logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގެ ސަބަބުން އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށް

މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގެ ސަބަބުން އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށް

މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގެ ސަބަބުން އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށް ލިބިފައިވާކަަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ”މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް“ އާއެކު، ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާއަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބެމުންދާ ސަމާލުކަން ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ ސްރީލަންކާގައި ބޭއްވި މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ބޭއްވި 10 ވަނަ ބައިނަލްއަގުވާމީ އިންވެސްޓްމަންޓް އަދި ބިޒްނަސް ފޯރަމް ކަމަށެވެ. އަދި މި ފޯރަމްގައި 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން 70 އިންސައްތައަށްވުރެ ގިނައީ ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ރާއްޖެއާއި ސްރީލަންކާގެ ކުންފުނިތަކާއި، ވިޔަފާރިވެރިންނާއި ސަރަހައްދީ ފެންވަރުގައި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ފޯރަމަށް ލަންކާއާއި އަވަށްޓެރި ގައުމުތަކުގެ މީޑިއާތަކުން ބޮޑު ސަމާލުކަމެއް ދީފައިވާކަމަށާއި މީގެ ސަބަބުން ރާއްޖެއަކީ އިންވެސްޓް ކުރުމަށް ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް މަގުބޫލުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކޮށް ވަރުގަދަކުރުން ކަމަށާއި ރާއްޖޭގެ އިންވެސްޓްމަންޓް ގާބިލުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

މި މަސައްކަތްތަކަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، އިންވެސްޓްމަންޓް އުސޫލުތައް ލުއިފަސޭހަކުރުމާއި، އިގުތިސާދު ސިންދަފާތުކުރުމާއި، ބައިނަލްއަގުވާމީ އިގުތިސާދީ ގުޅުންތައް ބަދަހިކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަންކަމެވެ.

ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މި ސަރުކާރުން ފެށި މި ސިލްސިލާ ފޯރަމްތަކުން ދޭހަކޮށްދެނީ ރާއްޖެއަކީ ދުނިޔޭގެ އިންވެސްޓަރުންނަށް ވާދަވެރި އަދި ފަސޭހައިން ވަދެވޭނެ މަންޒިލަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގެ ސަބަބުން އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށްޚަބަރު | ގަޑިއިރެއް ކުރިންބަންކަރިންގެ ހިދުމަތަށް މިހާތަނަށް 923 މިލިޔަން ރުފިޔާޚަބަރު | 7 ގަޑިއިރު ކުރިންއައްޑޫ ސިޓީގައި ވިޔަފާރިވެރިންނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފިޚަބަރު | 10 ގަޑިއިރު ކުރިންފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން