logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ސިޓީގައި ވިޔަފާރިވެރިންނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި

އައްޑޫ ސިޓީގައި ވިޔަފާރިވެރިންނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި

އައްޑޫ ސިޓީގައި ވިޔަފާރިވެރިންނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ މިއީ އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ ހަބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ބާއްވާ ފޯރަމެއް ކަމަށެވެ. އަދި މި ފޯރަމް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 13 އަދި 14 ގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ސައީދު ވަނީ 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި މި އަމާޒު ހާސިލްކުުރުމަށް އައްޑޫ ސިޓީ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތަކާއި، ދިނުމަށް ހަމަޖެހިފައިވާ އިންސެންޓިވްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން މިއީ އައްޑޫ ސިޓީގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާއާއި އެހެނިހެން ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގައި 'ފްރީ ޒޯން' ގެ ހަރަކާތްތަކެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު މަސައްކަތް ކުރަމުންދާ މަޝްރޫއެއް ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ އިންވެސްޓްމެންޓުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ތަންތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހަމަަޖެހިފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މިފަދަ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅާ ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ވިޔަފާރިތައް ފުޅާކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޭޕަލްގެ އިންޤިލާބީ ފެށުން: ދިވެހި ޒުވާނުންނާއި އަންހެނުންނަށް މާލީ މިނިވަންކަމުގެ އައު ދޮރެއް ހުޅުވިއްޖެޚަބަރު | 8 ދުވަސް ކުރިންއައްޑޫގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދާނީ ވިޔަފާރިވެރިންގެ މަޝްވަރާއާއެކު: ސައީދުޚަބަރު | މަހެއް ކުރިންއައްޑޫ ސިޓީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބައިވެރިންޚަބަރު | މަހެއް ކުރިންއައްޑޫ ބިޒްނަސް ޑައިލޮގް: ދެކުނުގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވޭ ތާރީޚީ ބައްދަލުވުމެއްޚަބަރު | މަހެއް ކުރިން