logo
Bank of Maldives

Bank of Maldives

ޚަބަރު

މީސްމީޑިއާގައި މެދުވެރިކޮށް ވަޒީރު ސައީދަށް މީހަކު ފޮނުވި ސިޓީއަށް ވަޒީރުގެ ޖަވާބު: އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތް ދިނުން

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޭޕްރީލު 2026 - 19:56
މީސްމީޑިއާގައި މެދުވެރިކޮށް ސައީދަށް މީހަކު ފޮނުވި ސިޓީއަށް ޖަވާބު: އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތް ދިނުން

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދަށް އެޑްރެސްކޮށް މީސްމީޑިއާގައި މީހަކު އާންމުކުރި ސިޓީއަކަށް، އެމަނިކުފާނު މީސްމީޑިއާ މެދުވެރިކޮށް ޖަވާބު ދެއްވައިފިއެވެ.

މި ސިޓީއަކީ ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ކުރުމާ ގުޅޭގޮތުން ހއ. ދިއްދޫ، މުތީގެ، އާދަމް ސަލީމް ފޮނުއްވި ސިޓީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދަމް ސަލީމަށް ފޮނުއްވި ޖަވާބުގައި ވަޒީރު ސައީދު ވިދާޅުވީ، މީސްމީޑިއާގައި ޝާއިޢުކުރި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ހައްލުތައް ހޯދައިދިނުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭ ކަމަށެވެ. އަދި އެ ސިޓީގައި ހުރި ކަންކަން ބަލައިދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގަވާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ޖަވާބުގައި އިތުރަށް ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތް ދިނުން ކަމަށެވެ. 

"ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޖަވާބާއެކު، ސަރުކާރުގެ ވަޒީރުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ގޮތެއްގައި މުއާމަލާތް ކުރައްވައި، ވީހާވެސް ގާތުން މަސައްކަތްކުރާކަން ވަނީ އިތުރަށް ކަށަވަރުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީސްމީޑިއާގައި މެދުވެރިކޮށް ސައީދަށް މީހަކު ފޮނުވި ސިޓީއަށް ޖަވާބު: އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތް ދިނުންޚަބަރު | 2 ގަޑިއިރު ކުރިންޗައިނާގެ އެކި ސިޓީތަކުގައި ދިވެހީންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ: މިނިސްޓަރ ސައީދުޚަބަރު | 4 ދުވަސް ކުރިންބަންކަރިން ހިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް!ޚަބަރު | 16 ދުވަސް ކުރިން4200 ކޮންޓެއިނަރ ލަންކާގަ ތާށިވެފަ، 80 ކޮންޓެއިނަރ އަވަސްކޮށްދިނުމަށް އެދިއްޖެޚަބަރު | 17 ދުވަސް ކުރިން