logo
MPL

MPL

ޚަބަރު

އައްޑޫ ސިޓީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބައިވެރިން

އައްޑޫ ސިޓީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބައިވެރިން

އައްޑޫ ސިޓީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބައިވެރިން ރަޖިސްޓްރީކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެެއްޖެއެވެ.

ރައީސް އޮފީހުގައި މެއި 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު ބާއްވާ މި މަހާސިްނތާގައި އައްޑޫގައި ތިބި ވިޔަފާރިވެރިންނާއި މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިން ބައިވެރިވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގެ ފަންނީ ފަރާތްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސްފަރާތްތަކުން ވެސް ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އައްޑޫ ސިޓީގައި ތިބި ޢިލްމީ ބޭފުޅުން ވެސް ބައުވެރުވާނެކަމަށާއި މިއީ ވަރަށް ފުޅާދާއިރާއެއްގައި ހުޅުވާލެވިގެން އައްޑޫގައި އެކްސްލެރެޓޭޑް ޑިވެލޮޕްމަންޓެއް ގެނައުމަށްޓަކައި އަދި މި އިކޮނޮމީ އިތުރަށް ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުން ކޮށްދޭންވީ ކަންކަމަކީ ކޮބައިތޯ ބެލުމަށް ބާއްވާ މަހާސިންތާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އައްޑޫ ސިޓީއަށް އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މަހާސިންތާގެ މަޝްވަރާތަކަށްފަހު، ވަޒީރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ދޭނެ އިނާޔަތްތައް ކަނޑައަޅާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ ބޮޑު މަޤްސަދެއް ކަމަށް ވިދާޅުވިއެވެ.

މިމަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 3 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 18 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން