logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންކަރިން ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިއްޖެ

އާމިނަތު ޝަފާ
28 އޮކްޓޯބަރު 2025 - 05:33
ބަންކަރިން ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިއްޖެ

މި ސަރުކާރުން ތައާރަފުކުރި ބަންކަރިން ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވާކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް ލިބުނު އާމްދަނީއާއި އެ އާމްދަނީން ދައުލަތަށް ދައްކާފައިވާ ޓެކުހުގެ ބައެއް ތަފުސީލުތައް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ އޮކްޓޯބަރުމަހުގެ 27ގެ ނިޔަލަށް ބަންކަރިން ހިދުމަތުން އެސްޓީއޯއަަށް 192،149،939 (ސަަތޭކަ ނުވަދިހަ ދެ މިލިއަން އެއްލައްކަ ސާޅީސްނުވަހާސް ނުވަސަތޭކަ ތިރީސް ނުވަ) ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ.

G4UqzlZa4AAKpzN.jpg

އަދި މި ހިދުމަތުން 17،360،589.10 ރުފިޔާ ޓެކުސްގެ ގޮތުގައި އެސްޓީއޯއިން ސަރުކާރަށް ދައްކާފައިވާކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. މިދިޔަ އަހަރު ސެޕްޓެންބަރު މަހުން ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ.ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މި ޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ.

މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ ދަނީ އިތުރުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގެ ސަބަބުން އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށްޚަބަރު | 2 ދުވަސް ކުރިންބަންކަރިންގެ ހިދުމަތަށް މިހާތަނަށް 923 މިލިޔަން ރުފިޔާޚަބަރު | 2 ދުވަސް ކުރިންއައްޑޫ ސިޓީގައި ވިޔަފާރިވެރިންނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންމީސްމީޑިއާގައި މެދުވެރިކޮށް ސައީދަށް މީހަކު ފޮނުވި ސިޓީއަށް ޖަވާބު: އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތް ދިނުންޚަބަރު | 15 ދުވަސް ކުރިން