logo
Bank of Maldives

Bank of Maldives

ޚަބަރު

ފަންނުވެރިންނަށް ޚާއްސަ " ކްރިއޭޓިވް އިކޮނޮމީ ފަންޑް" އެއް ލޯންޗުކުރަނީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
17 ސެޕްޓެމްބަރު 2024 - 14:16
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު . ފޮޓޯ/ ރައީސް އޮފީސް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު . ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި، ފަންނުވެރިންނަށް ޚާއްސަކޮށްގެން " ކްރިއޭޓިވް އިކޮނޮމީ ފަންޑް"އެއް ލޯންޗުކުރަން ނިންމަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއޭޓިވް އިކޮނޮމީ ފަންޑެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، ރައީސްގެ ވިސްނުންފުޅަކީ ރާއްޖެ ޑިޖިޓަލް ކްރިއޭޓިވް އިކޮނޮމީގައި އިތުރު ދާއިރާތަކަށް އިގްތިސާދު ފުޅާކޮށް އިކޮނިމީ ޑައިވަސިފައި ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖީއެއް މިރޭ ލޯންޗުކުރާނެ ކަމަށާއި، އޭގެ ތެރޭގައި ރައީސްގެ ވައުދުފުޅުތެރޭގައި ހިމެނޭ 70ވައުދެއް ހިމެނިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

" ވަރަށް ބޮޑަށް އަޅުގަނޑުމެން މަސައްކަތްކުރަން އަޅުގަނޑުމެން އެބަ މަސައްކަތްކުރަން އިންވެސްތްމަންޓު ޕްރޮމޯޓުކުރުމަށް. މިގޮތުްނ އަޅުގަނޑުމެންގެ މިނިސްޓްރީން ކްރިިއޭޓިވް އިކޮނޮމީގެ އަމާޒުތަކަށް ދިއުމަށްޓަކައި ރައީސުމްޖުމްހޫރިއްޔާ ބޭނުންފުޅުވާ ސްޕީޑަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން ބެލިން ހޮލީވުޑްގެ ފިލްމު އުފައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖެއާބެހޭ އެއްވެސް ފިލްމެއް އުފައްދާނެ ގޮތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީއަކީ ރައީސް ޑރ. މުއިއްޒު ޑްރައިވްކުރާ މުހިންމު އެއް މަސައްކަތްކަށް ހައްދަވައިގެން ކުރިއަށް ގެންދަވާ ކަމަށާއި، މިމަސައްކަތް ކުރަމުންގެންދަނީ "ހައިބު" ކިޔާ ކުންފުންޏަކާއެކު ކަމަށެވެ. އެކުންފުނި ވަނީ ރާއްޖެއަށް އައިސް ދިރާސާތަކެއް ކޮށްފައި ކަމަށާއި، އަދިވެސް ރާއްޖެއަށް އެ ކުންފުނިން ޒިޔާރަތްކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ބޭރުގެ އިންވެސްޓަރުންނަށް މި އިންޑަސްޓްރީގައި އިންވެސްޓުކުރުމަށް މިނިސްޓްރީން ސިޔާސަތުތަކެއް ކަނޑައަޅައި އެކަން އިއުލާންކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްޤީގައި ކުރިއަރާ ދިއުމަށްޓަކައި ރާއްޖެ މިއޮތީ ހެޔޮ ފާލެއްގައި - މިނިސްޓަރޚަބަރު | 5 މަސް ކުރިންބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށް އެބަދޭ - މިނިސްޓަރ ޚަބަރު | 5 މަސް ކުރިންފަންނުވެރިންނަށް ޚާއްސަ " ކްރިއޭޓިވް އިކޮނޮމީ ފަންޑް" އެއް ލޯންޗުކުރަނީ ޚަބަރު | އަހަރެއް ކުރިންއެފްޓީއޭއަށް ޖެނުއަރީ 1 އިން ފެށިގެން އަމަލު ކުރަން ފަށަނީ ޚަބަރު | އަހަރެއް ކުރިން