logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަކީ ޑިމޮކްރެސީގެ އަގުތައް ހިފެހެއްޓެވުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެއް: މިނިސްޓަރ ސަޢީދު

ޒިދާން މުޙައްމަދު
5 ޑިސެމްބަރު 2025 - 16:00
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ

ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަކީ ޑިމޮކްރެސީގެ އަގުތައް ހިފެހެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެއްގެ ގޮތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ސިފަކުރައްވައިފިއެވެ.

ރައްޔިތުންނާއެކު ރައީސް ބާއްވަވާ ހާއްސަ ބައްދަލުކުރެއްވުންތަކަށް އިޝާރާތްކުރައްވާ އެމަނިކުފާނަށް ތައުރީފުކުރައްވަމުން މިނިސްޓަރ ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ރައްޔިތުންނާ ގާތުން މަސައްކަތްޕުޅުކުރެއްވުމުގެ އައު މިންގަނޑެއް ޤާއިމު ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ޑިމޮކްރެޓިކް އަގުތަކާއި އުޞޫލުތައް ވަރުގަދަކޮށް، ތަޢުރީފު ހައްގު މަސައްކަތްޕުޅެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވިއިރު ވެރިރަށް މާލެ ސިޓީގައި މާލޭގެ އަވަށްތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އާދިއްތާ ދުވަހުގެ ރޭ އެމަނިކުފާނު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖައްސާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ކަލާފާނު ސުކޫލުގައެވެ.

މި ޖަލްސާއަށް ވަޑައިގެންދެއްވުމަށް ސަރުކާރުންވަނީ ހެންވޭރުގެ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަން ރައީސް ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް ވަރަށް އަވަހަށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމެވުމާ އެއްގޮތަށް ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ވިލިމާލެ ރައްޔިތުންނާއެކުގައެވެ. ދެވަނަ ބައްދަލުވުން މައްޗަންގޮޅީ ރައްޔިތުންނާއެކު ބާއްވާފައިވާއިރު ތިންވަނަ ބައްދަލުވުން ބާއްވާފައިވަނީ މާފަންނު ރައްޔިތުންނާއެކުގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަކީ ޑިމޮކްރެސީގެ އަގުތައް ހިފެހެއްޓެވުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެއް: މިނިސްޓަރ ސަޢީދުޚަބަރު | ގަޑިއިރެއް ކުރިންމާލެ ސަރަހައްދުގެ ސިލްސިލާ ބައްދަލުވުންތައް: ހަތަރުވަނަ ބައްދަލުވުން ހެންވޭރު ރައްޔިތުންނާއެކުޚަބަރު | 6 ގަޑިއިރު ކުރިންމެދުޒިޔާރަތް މަގު ހުޅުވާލުމަކީ ޒިންމާދާރު ގޮތެއް ނޫން: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންމީޑިއާއެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅުވުންކަން އިއުލާނުކުރުމުން ދެން އެ މީޑިއާގައި އިންނާނީ އިިދިކޮޅު ލެންސެއް: ރައީސްޚަބަރު | 12 ގަޑިއިރު ކުރިން