logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ދުނިޔޭގެ ޞިއްޙަތު ރައްކާތެރިކުރުމުގައި ސައިންސްގެ ދައުރު މުހިންމު: ރައީސް

އިސްމާޢިލް ރާތިޢު
7 އޭޕްރީލު 2026 - 04:08
ފޮޓޯ: ޔުނިވަރސިޓީ އޮފް ސައުތު ފްލޮރިޑާ (ޔޫއެސްއެފް)
ފޮޓޯ: ޔުނިވަރސިޓީ އޮފް ސައުތު ފްލޮރިޑާ (ޔޫއެސްއެފް)

މިއަދު، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ޞިއްޙަތު ރައްކާތެރިކުރުމުގައި ސައިންސް އަދާކުރާ މުހިންމު ދައުރު ހަނދައިންކޮށްދެއްވާ، "ވަން ހެލްތު އިނީޝިއޭޓިވް" ކުރިއެރުވޭނީ ސައިންސްގެ އަލީގައި ދެނެގަނެވޭ އައު އުކުޅުތަކާއެކުގައި ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކަށް ވުނަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، އެ ދާއިރާގެ ސިޔާސަތުތައް ހަރުދަނާކޮށް، އެ ސިޔާސަތުތަކަކީ ސައިންސްގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކަށައެޅޭ ސިޔާސަތުތަކެއްކަން ޔަގީންކުރުމަށް ކަމާގުޅުންހުރި އެކި ފަރާތްތަކުގެ ބައިވެރިވުން މުހިންމުކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި ޞިއްޙީ ސިޔާސަތުތައް ބިނާކުރެވެނީ ސައިންސްގެ ހޯދުންތަކުގެ އަލީގައިކަން ފާހަގަކުރައްވާ، ރައީސް ވަނީ ރާޢްޖޭގައި ޑިޖިޓަލް ހެލްތުގެ ދާއިރާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި، ޞިއްޙީ މައުލޫމާތު ފޯރުކޮށްދޭ އެކި ވަޞީލަތްތައް ބޭނުންކުރުން އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާ، އެކަމުގެ ސަބަބުން ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، އެކަމުގެ ސަބަބުން ފަރުވާގެ ނިޒާމު އެތައް ގުނައެއް ހަރުދަނާކުރެވިފައިވާކަން ރައީސް ފާހަގަކުރެެއްވިއެވެ.

ރައީސް ވަނީ، މި މުޖުތަމަޢު ދުޅަހެޔޮކަންމަތީ ބޭއްވުމަށް ކެނޑިނޭޅި، ވަރުބަލިކަމެއްނެތި މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ. އަދި، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތުގެ ދުވަހުގެ ޝިޢާރުގައި ވާފަދައިން، ސައިންސްގެ އެހީތެރިކަމާއެކު، އެންމެން އެކުގައި ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރުމަށް ރައީސްގެ ޕޯސްޓުގައި ގޮވާލައްވާފައި ވެއެވެ.

ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ޞިއްޙަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ވަކި ޚާއްސަ ޝިޢާރެއްގެ ދަށުން ޞީއްޙީ ގޮތުން މުހިންމު މެސެޖެއް ދިނުމަށް ފާހަގަކުރަ މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1950 ވަނަ އަހަރުން ފެށިގެން އަންނަނީ ފާހަގަކުރަމުންނެވެ.

ޞިއްޙަތުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ޞިއްޙަތުގެ މުހިއްމުކަމާއި، ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ފަރުދީ، އާއިލީ އަދި މުޖްތަމަޢުއާއި ދައުލަތުގެ ފެންވަރުގައިވެސް މަސައްކަތް ކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ ޞިއްޙަތު ރައްކާތެރިކުރުމުގައި ސައިންސްގެ ދައުރު މުހިންމު: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންއިޖުތިމާއީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކުޅިވަރަކީ ވަރުގަދަ ބާރެއް: ރައީސްޚަބަރު | 21 ގަޑިއިރު ކުރިންރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގެންފިޚަބަރު | ދުވަހެއް ކުރިންއިންތިޚާބުގައި ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއް: ޝިޔާމްޚަބަރު | ދުވަހެއް ކުރިން