logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގެންފި

މަރިޔަމް މާޙީ
6 އޭޕްރީލު 2026 - 06:11
ރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގަންނަވަނީ--- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގަންނަވަނީ--- ފޮޓޯ: ރައީސް އޮފީސް

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސްގެ ދެ ކަނބަލުން ކުރައްވާ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފުރިހަމަ މެހުމާންދާރީގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ސަރުކާރުންނެވެ. އަދި މި ދަތުރުފުޅާ ގުޅޭ އެންމެހައި އިންތިޒާމްތަކެއް މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސަވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ވަނީ އިތުރަށް ހަރުދަނާވެ، އައު އުސްމިންތަކަކަށް ގޮސްފައެވެ. ޚާއްޞަކޮށް އިސްލާމީ ކަންކަމާއި، ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަމާ ގުޅޭ ކަންކަމުގައި ސަޢޫދީ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފާހަގަކުރެވޭގޮތުގައި 2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ހާއްސަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފައެވެ. 

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރޗް 1981 ގައެވެ. އޭގެ ފަހުން ފާއިތުވި 43 އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިޚަބަރު | 24 މިނިޓު ކުރިންމި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އަޒުމުގަ: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 10 ގަޑިއިރު ކުރިންސެނެޓްގެ ނިންމުމަކާއި ރައީސާއި ގުޅުވައި ފަތުރަނީ ބޮޑު ދޮގެއް: ޕީއެންސީ ލީޑަރޝިޕްޚަބަރު | 18 ގަޑިއިރު ކުރިން