logo
Bank of Maldives

Bank of Maldives

ޚަބަރު

އެދެނީ ރައްްޔިތުންނަށް އުފާ ފާގަތިކަން - ދެއްވި ފުރުސަތަށް ރައީސް އަށް ޝުކުރު!

މުޙައްމަދު އަފްރާޙް
7 އޭޕްރީލު 2026 - 06:33
އެދެނީ ރައްްޔިތުންނަށް އުފާ ފާގަތިކަން - ދެއްވި ފުރުސަތަށް ރައީސް އަށް ޝުކުރު!

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެއްވީތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށްމޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ވިދާޅުވެއްޖެއެވެ.

މާލެ މޭޔަރގެ މަގާމަށް ވާދަކުރެއްވި މޫސާ އަލީ ޖަލީލު މިހެން ވިދާޅުވީ އޭނާ އަށް ވޯޓުދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ނެރުއްވި ބަޔާނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަޔާނުގައި ވިދާޅުވީ މޭޔަރުކަމަށް ވާދަކުރުމުގެ ފުރުޞަތު ދެއްވީތީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ޕާޓީގެ ލީޑަޝިޕަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިންތިޚާބުގައި ވޯޓު ދެއްވި ރައްޔިތުން ކުރެއްވި އިތުބާރު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން އެދިވަޑައިގެންފައި ވެއެވެ.

އޭޕްރިލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އާދަމް އާޒިމަށް 13،905 ވޯޓު ލިބިވަޑައިގެންފައިވާއިރު، މޫސާ ޢަލީ ޖަލީލަށް ލިބިވަޑައިގެންނެވީ 9،377 ވޯޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެޗްޑީ ސްކޮލަޝިޕާއި ބޮޑެތި އިނާމުތަކާއެކު ޤައުމީ ޤުރުއާން މުބާރާތުގެ ވަނަތައް ހަވާލުކޮށްފިޚަބަރު | 10 ގަޑިއިރު ކުރިންރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ މުސްތަޤުބަލުގެ ފާގަތިކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ގުޅުމެއް: ރައިސް ޚަބަރު | 14 ގަޑިއިރު ކުރިންއިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | 17 ގަޑިއިރު ކުރިންރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | ދުވަހެއް ކުރިން