logo
MPL

MPL

ޚަބަރު

ނުރައްކާތެރި މިންވަރަކަށް މިއަދު ރާއްޖޭގައި ވައި ނުސާފު

އައިޝަތު ނަޝާ
27 އޮކްޓޯބަރު 2026 - 09:21
 ނުރައްކާތެރި މިންވަރަކަށް މިއަދު ރާއްޖޭގައި ވައި ނުސާފު

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނީޓަރުތަކުން ދައްކައިފިއެވެ.

މިއަދު އެންމެ ބޮޑަށް ވައި ނުސާފުކަމަށް ދައްކަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ހދ. ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ ހުރީ 170 ގައެވެ. އަދި ށ. ފުނަދޫގައި ހުރީ 162 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މިވަގުތު މާލެ ސަރަހައްދުގައި ވައިގެ ކޮލިޓީ ހުރީ 102 ގައެވެ.

މެދު ރާއްޖެތެރޭގެ ރަށްރަށަށް މިވަގުތު ވައިގެ ކޮލިޓީ އެވްރެޖުކޮށް ހުރީ 50-75 އާ ދެމެދުގައެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިގެ ކޮލިޓީ ހުރީ 50 އިން ދަށުގައެވެ.

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓް ނުވަތަ ރަތް އިންޒާރެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން، އެންމެންނަށް ނުރައްކާވާ މިންވަރަށް ހުރުމެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓް ނުވަތަ އޮރެންޖު އިންޒާރެވެ. އޭގެ މާނައަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހުމެވެ. 

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެއެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރައްކާތެރި މިންވަރަކަށް މިއަދު ރާއްޖޭގައި ވައި ނުސާފުޚަބަރު | 4 ގަޑިއިރު ކުރިން