logo
MPL

MPL

ޚަބަރު

ގޭގައި ކާބޯތަކެތި އުފައްދާ ތަންތަން ބަލައި ފާސްކުރަނީ

އައިޝަތު އިނާޝާ
27 އޮކްޓޯބަރު 2026 - 13:22
ގޭގައި ކާބޯތަކެތި އުފައްދާ ތަންތަން ބަލައި ފާސްކުރަނީ

އަމިއްލަ ދިރިއުޅުމަށްޓަކައި ވިޔަފާރީގެ އުސޫލުން ގޭބިސީތަކުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތައް މޮނިޓަރ ކުރުމަށްޓަކައި، އަންނަ މަހުގެ ތެރޭގައި ޚާއްޞަ ސަވައިލަންސް އިންސްޕެކްޝަނެއް ހިންގުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

މި އިންސްޕެކްޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެފްޑީއޭއިން ގެޒެޓްކުރި އިއުލާނެއްގައި ބުނިގޮތުގައި، މި ހަރަކާތަކީ އެ އޮތޯރިޓީގައި ދަފުތަރުވެފައިވާ ފަރާތްތަކުން، "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" އަށް ފެތޭތޯ ބެލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނަށް އެ އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އަދި މި މަޢުލޫމާތާ ގުޅޭ އިތުރު ތަފްޞީލު ސާފުކުރުމަށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 ނުވަތަ 3034221 އަށް ގުޅުމަށް ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭގައި ކާބޯތަކެތި އުފައްދާ ތަންތަން ބަލައި ފާސްކުރަނީޚަބަރު | ގަޑިއިރެއް ކުރިން