ރިލްވާން ޝަރީފް އަވަހާރަވެއްޖެ
2 ނޮވެމްބަރު 2026 - 05:48

މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެ އެވެ.
މެންދުރު ޓީވީއަށް އެނގިފައިވާ ގޮތުގައި ރިލްވާން އަވަހާރަވީ ސްޓްރޯކެއް ޖެހި އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރްއެމްއައިޓީ ޔުނިވާސިޓީގައި އިންޓަނޭޝަނަލް ބިޒްނަސް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ރިލްވާން އަކީ ރާއްޖޭގެ ފުރަތަމަ އަމިއްލަ އެއާލައިން -- ވިލާ އެއާ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދިގު މުއްދަތަކަށް އަދާކރެއްވި ބޭފުޅެކެވެ.
ރިލްވާން ވަނީ ދިރާގުގެ ޗެއާމަންކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފަ އެވެ.
މީގެއިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުގެ މަގާމުވެސް ރިލްވާން އަދާކުރައްވާފައިވެ އެވެ.
ރިލްވާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި ކަމަށްވެސް އެނގިފައިވެ އެވެ.

-01.jpg&w=3840&q=75)
