logo
MPL

MPL

ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް ހޯދައިދިނުމަށް ހާއްސަ ދިރާސާ އެއް ކުރަނީ

އަޙުމަދު ރިޝާން
2 ނޮވެމްބަރު 2026 - 12:50
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް ހޯދައިދިނުމަށް ހާއްސަ ދިރާސާ އެއް ކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ޕޯސްޓްގެ ވިއުގައިގެ ތެރެއިން މާކެޓް ހޯދައިދިނުމާއި ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް ގުޅިގެން ހާއްސަ ދިރާސީ މަސައްކަތްތަކެއް މޯލްޑިވްސް ޕޯސްޓާ ގުޅިގެން ފަށައިފިއެވެ.
މި މަސައްކަތް ފެށުމަށް މޯލްޑިވްސް ޕޯސްޓުގައި ބޭއްވި އިފްތިތާހީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޑރ. އަބްދުﷲ ނަޒީރެވެ. އެ ބައްދަލުވުމުގައި ޔޫޕީޔޫގެ އެކްސްޕާޓް ޓީމުގެ މެންބަރުންނާއި ކަމާގުޅުންހުރި މިނިސްޓްރީތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" އަދި "ޑިޖިޓަލް-ފަސްޓް ނޭޝަން" ގެ ތަސައްވަރާ އެއްގޮތަށް ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ކޮންމެ ރަށެއްގައި ހުރެގެންވެސް ވިޔަފާރިއެއް ބިނާކޮށް އާ ބާޒާރުތަކަށް ވާސިލުވުމުގެ ފުރުސަތު ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމަށް ޑރ. ނަޒީރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ޕޯސްޓުގެ އެމްޑީ އަހުމަދު ޝަފީގު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް އަމާޒުކޮށް 'އީޓުކުރި' އަދި 'ކޮމުނިޓީ އޮންލައިން ޝޮޕް' ފަދަ ޑިޖިޓަލް ޕްލެޓްފޯމްތައް ގާއިމުކޮށް، ގްލޯބަލް ޕޯސްޓަލް ނެޓްވޯކް މެދުވެރިކޮށް ބޭރުގެ ބާޒާރުތަކުން ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އިފްތިތާހީ ބައްދަލުވުމާއެކު ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަޝްވަރާތަކަށްފަހު، އެމްއެސްއެމްއީ ސެކްޓަރަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށް ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްތަކެއް އެކުލަވާލާނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް ހޯދައިދިނުމަށް ހާއްސަ ދިރާސާ އެއް ކުރަނީޚަބަރު | ގަޑިއިރެއް ކުރިން