logo
MPL

MPL

ޚަބަރު

ނަޞްރުގެ ދުވަހުގެ ތަޙުނިޔާ ނައިބު ރައީސް ފޮނުއްވައިފި

އައިޝަތު އިނާޝާ
3 ނޮވެމްބަރު 2026 - 11:40
ނަޞްރުގެ ދުވަހުގެ ތަޙުނިޔާ ނައިބު ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ނަޞްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.

ނައިބު ރައީސް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ޝަހީދުވި ބަޠަލުންގެ ޤުރުބާނީގެ ހަނދާން އާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގައި ޖާނުން ޤުރުބާންވި އަބްޠާލުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުމަށް އެދިވަޑައިގެން ނައިބު ރައީސް ވަނީ ދުޢާކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލާ، ޢަދާވަތްތެރިންގެ މައްޗަށް ދިވެހީން ހޯދި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޞްރުގެ ދުވަހުގެ ތަޙުނިޔާ ނައިބު ރައީސް ފޮނުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިން