logo
MPL

MPL

ޚަބަރު

ކޮމަންވެލްތަކީ ހަރުދަނާ، ޒަމާނީ އަދި ހަމަހަމަކަން އޮތް ޖަމާއަތަކަށް ހަދަން ފޮރިން މިނިސްޓަރު ގޮވާލައިފި

އަޙުމަދު ރިޝާން
3 ނޮވެމްބަރު 2026 - 12:57
ކޮމަންވެލްތަކީ ހަރުދަނާ، ޒަމާނީ އަދި ހަމަހަމަކަން އޮތް ޖަމާއަތަކަށް ހަދަން ފޮރިން މިނިސްޓަރު ގޮވާލައިފި

ކޮމަންވެލްތަކީ މިހާރަށް ވުރެ ހަރުދަނާ، ފަސޭހައިން އިޖާބަދޭ އަދި މިޒަމާނަށް ފެތޭ ޖަމާއަތަކަށް ހެދުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފި އެވެ.

ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގެ (ސީއެޗްއޯޖީއެމް) ކުރިން ބޭއްވި އެ ޖަމްޢިއްޔާގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް މެންބަރު ގައުމުތައް އެކުވެރިކަމާއެކު މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި ކޮމަންވެލްތުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މިޒަމާނަށް ފެތޭ އަދި ކުރިއަރަމުން އަންނަ ޖަމާއަތަކަށް އެ ޖަމްޢިއްޔާ ވާންޖެހޭ ކަމަށް އެ ކަމަނާ ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) އިގުތިސާދީ ދެމެހެއްޓެނިވިކަމާއި ތަރައްގީ ގެނައުމަށްޓަކައި، މޫސުމީ ބަދަލުތަކަށް ފައިނޭންސް ހޯދައިދިނުމުގައި ކޮމަންވެލްތުން އަދާކުރާ ދައުރު ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. ހަމައެއާއެކު، މިހާރު އޮތް މާލީ ނިޒާމު އިސްލާހުކޮށް، ގައުމުތަކަށް ދިމާވެފައިވާ ނާޒުކުކަމަށް ރަނގަޅު ހައްލެއް ހޯދުމުގެ މުހިންމުކަން ރާއްޖެއިން ފާހަގަކުރާ ކުރުން އެ ކަމަނާ ވަނީ ތަކުރާރުކުރައްވާފަ އެވެ.

މީގެ އިތުރުން، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ސައިޒަށާއި ގާބިލުކަމަށް ބެލުމެއްނެތި ނިންމުންތައް ނިންމުމަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ގޮވާލެއްވީ އިސް މަގާމުތައް ހަވާލުކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމަށެވެ.

ކޮމަންވެލްތުގެ އާއިލާގެ ކުރިއެރުމަށްޓަކައި އެ ޖަމްޢިއްޔާއާއި މެންބަރު ގައުމުތަކާ އެކު ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދަމަހައްޓާ ސިޔާސަތު ވެސް މިނިސްޓަރު މި ބައްދަލުވުމުގައި ވަނީ ތަކުރާރުކުރައްވާފަ އެވެ.

ސީއެޗްއޯޖީއެމް ފެށުމުގެ ކުރިން ބާއްވާ މިފަދަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުންތަކަކީ ކޮމަންވެލްތުގެ ހުރިހާ ގައުމުތަކެއްގެ ޕާޓްނަޝިޕްތައް ބަދަހިކޮށް، ގުޅިގެން ކުރިއަށް ދިއުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމަންވެލްތަކީ ހަރުދަނާ، ޒަމާނީ އަދި ހަމަހަމަކަން އޮތް ޖަމާއަތަކަށް ހަދަން ފޮރިން މިނިސްޓަރު ގޮވާލައިފިޚަބަރު | ގަޑިއިރެއް ކުރިން