އަސްކަރިއްޔާއަށް އެންމެ ބޮޑު ތަރައްގީ އެއް އައިސްފައި ވަނީ މިދައުރުގައި: ހިލްމީ
3 ނޮވެމްބަރު 2026 - 13:21

ދިވެހި އަސްކަރިއްޔާއަށް މިހާތަނަށް އެންމެ ބޮޑު ތަރައްގީއެއް އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވި ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޔޫއޭވީ (UAV) ހޯދައި އެއަރކޯ އުފައްދާފައިވާ ކަމަށާއި، އައްޑޫ ގަމާއި ށ. ފޮނަދޫގައި އެއަރ ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހިލްމީ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ވައިގެ އިތުރު ޤާބިލުކަން އެމަނިކުފާނު ހޯދދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ކޯސްޓްގާޑުގެ ފްލީޓް ބޮޑުކުރުމަށްޓަކައި ތުރުކީވިލާތާއި އޮސްޓްރޭލިއާގެ މަނަވަރު ހޯދާފައިވާ ކަމަށާއި، ރައީސް ވެވަޑައިގެންނެވި ވައުދުގެ މަތިން 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން 5 ބޯޓު މިހާރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލޭގައި ޒަމާނީ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރެއް ޤާއިމުކޮށް، ސީ އެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަސްކަރިއްޔާގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ ގޮތުން ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރާއި، ބ. ކިހާދޫ ލޮޖިސްޓިކްސް ސްކޫލް އަދި ސިފައިންގެ އެހެނިހެން ތަމްރީނު މަރުކަޒުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ގިރިފުށީގެ ބިން ހިއްކައި އެ ރަށުގެ ސައިޒު 3 ގުނަ ބޮޑުކޮށްދީފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި 806 ޒުވާނުންނަށް ސިފައިންގެ ވަޒީފާ ހޯދައިދީފައިވާ ކަމަށް ހިލްމީ ވިދާޅުވިއެވެ. އަދި ސިފައިންގެ ބޯހިޔާވަހިކަމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާކަންވެސް ހާމަކުރެއްވިއެވެ.

-01.jpg&w=3840&q=75)
