ހޮނިހިރުދުވަހުން ފެށިގެން މޯލްޑިވް ގޭސް އިން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެންނަނީ
4 ނޮވެމްބަރު 2026 - 13:05

މޯލްޑިވް ގޭސްއިން ކައްކަން ބޭނުންކުރާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަގުތީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ނިންމައިފި އެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގޮތުން ގެންނަ މި ބަދަލާއެކު، މީގެ ކުރިން 10 ކިލޯގެ ގޭސް ފުޅިއަށް އަޅަމުންދިޔަ މިންވަރު 7 ކިލޯއަށް ބަދަލުކުރެވޭނެއެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއަށް 14 ކިލޯ އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯ އަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބަދަލާއެކު ގޭހުގެ އަގު ބޮޑުނުވާނެ ކަމަށާއި، އާންމުންގެ އަތުން ފައިސާ ނަގާނީ ކުރިންވެސް އޮންނަ އުސޫލުން ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން ކަމަށް މޯލްޑިވް ގޭސްއިން ޔަގީންކޮށްދެއެވެ. މީގެ އިތުރުން ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، މި މަޝްރޫޢު ނިމުމުން ތިން މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކޮށް، މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވްސް ގޭސްއިން ވަނީ މާފަށް އެދިފަ އެވެ.

-01.jpg&w=3840&q=75)
