logo
MPL

MPL

ޚަބަރު

އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން އައްޑޫއަށް ފަތުރުވެރިންދާންޖެހޭ ސަބަބުތަކެއް ގާއިމުކުރަންޖެހޭ: ނިޒާރު        

އަޙުމަދު ރިޝާން
5 ނޮވެމްބަރު 2026 - 08:20
އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން އައްޑޫއަށް ފަތުރުވެރިންދާންޖެހޭ ސަބަބުތަކެއް ގާއިމުކުރަންޖެހޭ: ނިޒާރު        

 އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެ ސިޓީއަށް ފަތުރުވެރިންދާންޖެހޭ ސަބަބުތަކެއް ގާއިމު ކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ އުތުރު ދާއިރާ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދަތުރު ފަތުރުގައި ހުރި ގޮންޖެހުންތައް ވެސް ހިމެނޭ ކަމަށެވެ. އަދި ފަތުރުވެރިން ގެނައުމަށް ޑައިވްންގް ކަހަލަ ގެސްޓުން ގަޔާވާ ކަންކަން ގާއިމުކުރަންޖެހޭ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިޒާރު ވިދާޅުވީ އައްޑޫގައި ފަތުވެރިކަމަށް ބޭނުންވާ އެނދު އިތުރުކުރުމުގެ މަސައްކަތްތައް ވެސް މިހާރު ވެސް އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުން މިކަމަށް ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

ފޭދޫ ދާއިރާ މެމްބަރު ނިޒާރު ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަކީ އައްޑޫގެ ތަރައްގީ އަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ އައްޑޫ ސިޓީގައި ވެސް ފަތުވެރިކަން ކުރިއަރައިގެން ދިއުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން އައްޑޫއަށް ފަތުރުވެރިންދާންޖެހޭ ސަބަބުތަކެއް ގާއިމުކުރަންޖެހޭ: ނިޒާރު        ޚަބަރު | 19 މިނިޓު ކުރިން