logo
MPL

MPL

ޚަބަރު

ބޭންކް އޮފް މޯލްޑިވްސް އިން އަގުހުރި އިނާމުތަކާއެކު އެމެރިކަން އެކްސްޕްރެސް ޕްރޮމޯޝަނެއް ފަށައިފި

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
5 ނޮވެމްބަރު 2026 - 08:45
ބޭންކް އޮފް މޯލްޑިވްސް އިން އަގުހުރި އިނާމުތަކާއެކު އެމެރިކަން އެކްސްޕްރެސް ޕްރޮމޯޝަނެއް ފަށައިފި

 

ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކޮންމެ ދުވަހަކު ކުރާ ހަރަދުތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ނޮވެމްބަރު 5އިން ފެށިގެން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ކޮންމެ ހަފްތާއަކު މަދުވެގެން 1،000 ރުފިޔާ ހަރަދު ކުރުމުން މި ގުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގައި ހިމެނޭ މުއާމަލާތްތަކުގެ ތެރޭގައި ބީއެމްއެލް ޕީއޯއެސް ޓާމިނަލްތަކާއި، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރް ޕޭމަންޓް މެދުވެރިކޮށް ކުރާ ވިޔަފާރިތައް ވެސް ހިމެނެ އެވެ.

 ބޭންކުން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަން ނިމުމުން ގުރުން ހޮވޭ ހަތަރު ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ހާއްސަ އިނާމެއް ލިބިގެންދާނެ އެވެ. މި އިނާމުތަކުގެ ތެރޭގައި ހާޑް ރޮކް ކެފޭ މޯލްޑިވްސް އިން ދެ މީހަކަށް ޑައިނިންގ ތަޖުރިބާއެއް، މެކްބުކް ނިއޯއާއި އެޕަލް ވޮޗް އަދި އެއާޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއެއް، ފުޅަދޫ ވިލާ މިއާ އަށް ނަސީބުވެރިޔާއާ އެކު އިތުރު ހަތަރު މީހުންނަށް ދެވޭ އެކްސްކާޝަން ދަތުރެއްގެ އިތުރުން، މަންތާ ރޭ ސްނޯކްލިންގ ހިމެނޭ ގޮތަށް ދެ މީހަކަށް ދެ ރޭގެ ރިސޯޓް ދަތުރެއް ހިމެނެ އެވެ.

 މި ޕްރޮމޯޝަނަކީ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށާއި، ކަސްޓަމަރުން ކޮންމެ ދުވަހަކު ކުރާ މުއާމަލާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވްސް އިން އަގުހުރި އިނާމުތަކާއެކު އެމެރިކަން އެކްސްޕްރެސް ޕްރޮމޯޝަނެއް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިން