logo
ޚަބަރު

5.1 ބިލިއަން ރުފިޔާގެ ބަޖެޓުން ބޮޑު ބައެއް މަޝްރޫޢުތަކަށް

އަޙްމަދު ޒަލީފް
24 އޮކްޓޯބަރު 2024 - 09:46
5.1 ބިލިއަން ރުފިޔާގެ ބަޖެޓުން ބޮޑު ބައެއް މަޝްރޫޢުތަކަށް

ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑުބައެއް ކަނޑައަޅާފައިވަނީ ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝަރޫޢުތަކަށް ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިއަދު ފާހަގަ ކުރެއްވި ގޮތުގައި، މި ބަޖެޓުގެ ތެރެއިން 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.

އެގޮތުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441 މިލިޔަން ރުފިޔާ މި ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އެވަރު ބަޖެޓުގައި ހިމަނާފައިވަނީ ކުންފުނިތަކުން ކުރިއަށްގެންދާ މަޝްރޫތަކަށް ކޭޝްފްލޯ ހަމަޖައްސައިދިނުމަށާއި، އަލަށް ޤާއިމްކޮށްފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް ކެޕިޓަލް ދޫކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ވިދާޅުވީ، ޕީއެސްއައިޕީގެ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާކަމަށެވެ. އަދި އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ-ވެލިއު ކޮށްގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދަންޖެހުމަކީވެސް ސަޕްލިމެންޓް ހުށަހަޅަންޖެހޭ ސަބަބެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، ބަޖެޓުގައި ހިމަނާފައިވާ ހަރަކާތްތަކާއި މަޝްރޫޢުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް މަޝްރޫއުތަކުގެ ޕައިޕްލައިން އެކުލަވާލައި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުންކަމަށްވެސް މިއަދުގެ ޖަލްސާގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު 907 މިލިއަނަށް އަރައިފި ޚަބަރު | 2 މަސް ކުރިންތަންފީޒީ ފިޔަވަޅުތަކާއެކު 3.7 ބިލިއަން ރުފިޔާ ހޯދައިފި ޚަބަރު | 3 މަސް ކުރިން57 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ ޚަބަރު | 4 މަސް ކުރިންރައީސް ސޯލިހުގެ ސަރުކާރުގައި ނަގާފައި އޮތް 1.5 ބިލިޔަން ރުފިޔާ ލޯނު ދައްކައިފި ޚަބަރު | 6 މަސް ކުރިން