logo
Bank of Maldives

Bank of Maldives

ޚަބަރު

57 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުސައިން ވަސީމް
22 އޭޕްރީލު 2025 - 13:38
57 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

57 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ 57 ރަށެއްގައި 10،600 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ،ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބީލަންތައް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދަން ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވުޒާރާއިން ބުނެ އެވެ.

މި ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  -/1,500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''ރިޕޯޓް | 10 ދުވަސް ކުރިންދަރިވަރުން ކިޔަވަން ދޭ ލޯނަށް ކުރި ހޭދަ 53 އިންސައްތަ ދަށްވެއްޖެޚަބަރު | 23 ދުވަސް ކުރިންގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފިޚަބަރު | މަހެއް ކުރިންބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީޚަބަރު | 2 މަސް ކުރިން