logo
Bank of Maldives

Bank of Maldives

ޚަބަރު

ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު

ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަން ނިންމާފައިވާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާ އިން ބުނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިސްކީމްތައް އިފްތިތާޙްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުގެ ބޭރުން ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިމަޝްރޫޢުތައް ހިންގުމަށް ވިސްނަމުންދަނީ 2 މޮޑެލްއަކަށް ކަމަށް ކަމަށާއި އެގޮތުން އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެހެން ތަރައްޤީކުރާ އެފޯޑަބަލް ހައުސިންގއާއި މާލީ އިދާރާތަކުގެ ފައިނޭންސިންގ އަށް ކުރިމަތިލެވޭނެ ނިޒާމެއް ޤާއިމުކޮށް އަމިއްލަ ގޯތީގައި ގެދޮރުބިނާކުރުމުގެ ސްކީމްތަކެއް މީގެތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއާއެކު ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ ފެންވަރުގެ ހައުސިންގއަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މިދެމަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކެއް ކަމަށާއި މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަންނަވާފައިވާ ފަދައިން މިދައުރުގެ ތެރޭގައި ވަރަށް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ރަށްރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގ ގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށްވެސް މަސައްކަތްކުރާ ސަރައްޙައްދުގައި އާއއިލާއެއް ބިނާކޮށް ގެދޮރުވެރިކަން ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ގެދޮރުވެރިކަން ފަހިކޮށްގެން ރަށްރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދީ މާލެ ސަރަޙައްދަށް ބަރޯސާވުމުގެ ބަދަލުގައި، އަރބަން ސެންޓަރުތަކެއް ތަރައްޤިކުރުމަށް ސަރުކާރުން ނިންމަވާފައިވާ ސަރަޙައްދުތަކަށްވެސް ރައްޔިތުންނަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްކަމަށް ވެސް ވެސް ސަރުކާރުން ބުނެއެވެ.

ރަށްރަށުގައި ކުރިން ފަށާފައި ހުރި އެހެންނަމަވެސް ހުއްޓިފައިވާ މަޝްރޫޢުތަކާއި، ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް އެމަގުފަހިކުރުމަށް އަންނަނީ މަޝްރޫއެއް ހިންގަމުންނެވެ. މިމަޝްރޫޢަށް ހުޅުވާލުމުން 43 ރަށަކުންވަނީ ކުރިމަތިލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށްޚަބަރު | 17 ދުވަސް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 24 ދުވަސް ކުރިންހިޔަވަހީ ފައިނޭންސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ލޯނު ހަމަޖައްސައި ދީފިޚަބަރު | 25 ދުވަސް ކުރިންމާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު: ފްލެޓު ލިސްޓު ޑިސެމްބަރުގައި، ތަންތަން ހަވާލުކުރަނީ 2028 ގެ އޯގަސްޓްގައިޚަބަރު | މަހެއް ކުރިން