logo
MPL

MPL

ޚަބަރު

ދަރިވަރުން ކިޔަވަން ދޭ ލޯނަށް ކުރި ހޭދަ 53 އިންސައްތަ ދަށްވެއްޖެ

އައިޝަތު ނަޝާ
12 ޖުލައި 2026 - 07:41
ދަރިވަރުން ކިޔަވަން ދޭ ލޯނަށް ކުރި ހޭދަ 53 އިންސައްތަ ދަށްވެއްޖެ

މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނު ސްކީމަށް ސަރުކާރުން ކުރި ހޭދަ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 53 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް'ރިޕޯޓުން ދައްކައިފި އެވެ.

މިދިޔަ ހުކުރު ދުވަހު މިނިސްޓްރީން ހާމަ ކުރި ރަސްމީ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދަރިވަރުންގެ ލޯނަށް މި އަހަރު ހޭދަކޮށްފައިވަނީ 121.8 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ހޭދަކުރި 262.8 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަތީ ތަޢުލީމަށް ދޫކުރާ ލޯނުގެ ހޭދަ މިހާ ބޮޑަށް ދަށްވެފައި މިވަނީ، މި އަހަރުގެ ދަރިވަރުންގެ ލޯނު ސްކީމަށް ޖުމްލަ 776.6 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައި ވަނިކޮށެވެ. އެހެންކަމުން، މިހާތަނަށް ބޭނުންކޮށްފައިވާ 121.8 މިލިއަން ރުފިޔާއަކީ ފާސްކޮށްފައިވާ ބަޖެޓުގެ ވަރަށް ކުޑަ މިންވަރެކެވެ.

މި ދަށްވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުގެ "ލެންޑިންގްސް" ނުވަތަ ލޯނު ދޫކުރުމުގެ ބައި ހިމެނޭ މައިގަނޑު ކެޓަގަރީއަށް ކުރި ހޭދަވެސް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެގޮތުން، މިދިޔަ އަހަރު އެ ކެޓަގަރީން 1.44 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރު އެ އަދަދު ވަނީ 464.0 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖީޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް މަތިވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއްޚަބަރު | 16 ދުވަސް ކުރިންއާމްދަނީ 5.1 ޕަސެންޓް އިތުރުވެއްޖެޚަބަރު | މަހެއް ކުރިންއޭޑީބީން އެނާޖީ ސެކިއުރިޓީއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 3 މަސް ކުރިންމިދިޔަ ހަފްތާގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުކުރިޚަބަރު | 3 މަސް ކުރިން