logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ހަފްތާގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުކުރި

އައިޝަތު ނަޝާ
12 އޯގަސްޓު 2026 - 08:07
މިދިޔަ ހަފްތާގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުކުރި

 މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް, މިއަހަރު ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ޚަރަދުވި 3.9 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 146.0 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ޚަރަދުކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށްށެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓުން ޚަރަދުގެ ބަޔަށް ބަލާއިރު، ރިކަރަންޓް ޚަރަދު ވަނީ 20.2 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރު 19.9 ބިލިއަން ރުފިޔާގައި ހުރި ރިކަރަންޓް ޚަރަދު ވަނީ 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރި 9.4 ބިލިއަން ރުފިޔާގެ ޚަރަދާއި، ސަރުކާރު ހިންގުމާއި އިދާރީ ކަންކަމަށް ކުރި 14.4 ބިލިއަން ރުފިޔާގެ ޚަރަދު ހިމެނެއެވެ.

އެހީއާއި ސަބްސިޑީގެ ޚަރަދުތައް ވެސް ވަނީ 43.3 އިންސައްތަ އިތުރުވެ، 7.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރޭގައި ސަބްސިޑީއަށް ކުރި 3.2 ބިލިއަން ރުފިޔާގެ ޚަރަދާއި އާސަންދައަށް ކުރި 1.3 ބިލިއަން ރުފިޔާގެ ޚަރަދު ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކެޕިޓަލް ޚަރަދު ވަނީ 3.1 ބިލިއަން ރުފިޔާއިން 3.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި 1.1 ބިލިއަން ރުފިޔާގެ ޚަރަދާއި، ފާލަމާއި ބަނދަރުތަކަށް ކުރި 261.0 މިލިއަން ރުފިޔާގެ ޚަރަދުގެ އިތުރުން އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި 791.2 މިލިއަން ރުފިޔާގެ ޚަރަދު ހިމެނެއެވެ. އަދި ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ޚަރަދުވެސް ވަނީ 12.1 އިންސައްތަ އިތުރުވެ 416.8 މިލިއަން ރުފިޔާއަށް އަރާފައެވެ.

މި މުއްދަތުގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކޮށްފައިވެ އެވެ. ނަމަވެސް، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގަ އެވެ.

ބޮޑެތި ލޯނުތަކެއް ދައްކަން ޖެހިފައި އޮތުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށާއި ބޭރު ފައިސާގެ ތާށިކަމަށް އޮތް ހުރަހެކެވެ. މި ދަރަނިތަކަކީ ވޭތުވެދިޔަ އެތައް ސަރުކާރަކުން ނަގާފައިވާ ދަރަނިތަކެއް ކަނަް ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފްތާގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުކުރިޚަބަރު | ގަޑިއިރެއް ކުރިންދަރިވަރުން ކިޔަވަން ދޭ ލޯނަށް ކުރި ހޭދަ 53 އިންސައްތަ ދަށްވެއްޖެޚަބަރު | މަހެއް ކުރިންފިޗުން، ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފިޚަބަރު | 2 މަސް ކުރިންދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ހޭދަކުރީ، ކުރީގެ ސަރުކާރުތަކުން ވާރުތަވި ރެކޯޑު ދަރަނި ދެއްކުމަށް ޚަބަރު | 2 މަސް ކުރިން