logo
MPL

MPL

ޚަބަރު

އޭޑީބީން އެނާޖީ ސެކިއުރިޓީއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޯގަސްޓު 2026 - 17:49
އޭޑީބީން އެނާޖީ ސެކިއުރިޓީއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓް" ގެ ދަށުން 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީގެ ރަސްމީ އެއްބަސްވުންތަކުގައި ދިވެހި ސަރުކާރާއި އޭޑީބީއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރުހަސަން ޒަރީރު އެވެ. އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓަގްރޭޝަން ޔުނިޓުގެ ރީޖަނަލް ހެޑް ޑރ. ތިއާމް ހީ ނިގް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، އެކަމަށް އިޖާބަދިނުމުގައި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.

އޭޑީބީން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ލޯނު ދޫކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރުމަށް އެހީތެރިވެދީ، ރައްޔިތުންނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ރައްކާތެރިކަން މެދުކެނޑުމެއްނެތި ކަށަވަރުކޮށްދިނުމެވެ.

މި ފެސިލިޓީއަކީ މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ފައިނޭންސިންއެކެވެ. މިފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާމްދަނީ 5.1 ޕަސެންޓް އިތުރުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންއޭޑީބީގެ އަންދާޒާ: އަންނަ އަހަރު ވާނީ ރާއްޖެ އަށް އިގްތިސޯދީ ކާމިޔާބީތައް ހާސިލްވާ މުހިންމު އަހަރަކަށްޚަބަރު | 14 ދުވަސް ކުރިންފުރަތަމަ އަހަރު 30 ބިލިއަން ޑޮލަރު، ރަސްމާލެ މަޝްރޫއުން އިގްތިސާދަށް ބޮޑު އިންގިލާބެއްޚަބަރު | 15 ދުވަސް ކުރިން ރާއްޖޭގެ ބިމަކުން އެއްވެސް އިންޗިއެއް ބޭރުގެ ބަޔަކަށް ނުވިއްކާ: މާލީ ވަޒީރުޚަބަރު | 15 ދުވަސް ކުރިން