logo
MPL

MPL

ޚަބަރު

އޮކްޓޫބަރު މަހުގެ ހަރަދުތައް ދަށަށް ހިނގައްޖެ

އަޙުމަދު ރަމީޒު
22 ނޮވެމްބަރު 2026 - 08:11
އޮކްޓޫބަރު މަހުގެ ހަރަދުތައް ދަށަށް ހިނގައްޖެ

ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް"އެނގޭ ގޮތުގައި މި އަހަރުގެ އޮކްޓޫބަރު މަހު ދައުލަތުގެ ހަރަދު ހުރީ 3.6 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަރަދުތައް ހުރީ 3.8 ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު ރިކަރަންޓް ހަރަދުގެ ގޮތުގައި 3 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 542.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހު ރިކަރަންޓް ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 677.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް 39.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 33.7 ބިލިއަން ރުފިޔާގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބޮޑެތި ލޯންތަކަކަށް އެއް ފަހަރާ ފައިސާ ދައްކަންޖެހުމުން ގައުމު އޮތީ ބަނގުރޫޓްވުމާ ހަމައިގައެވެ. ނަމަވެސް މިސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ގައުމުގެ ބަނގުރޫޓްވުމުގެ ހާލަތުން އަރައިގަނެ، އިގްތިސާދު ހަމައަކަށް އަޅުވާފަ އެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ މާލީ އިދާރާތަކުންނާއި ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން މަތިކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮކްޓޫބަރު މަހުގެ ހަރަދުތައް ދަށަށް ހިނގައްޖެޚަބަރު | 28 މިނިޓު ކުރިންމަޝްރޫޢުތަކަށް ބަޖެޓުން 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފި, އެންމެ ބޮޑު ހޭދައެއް އިޤްތިޞާދީ ދާއިރާއަށްޚަބަރު | 16 ގަޑިއިރު ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | 13 ދުވަސް ކުރިންއެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %6.8 އިތުރުވެ، 3.3 ބިލިޔަން ރުފިޔާއަށް ޚަބަރު | 14 ދުވަސް ކުރިން